Advertisement

ގާނޫނު އަސާސީ އިސްލާހުކުރަން ވޯޓު ނަގަން އޮއްވާ މަޖިލީހުގެ ޖަލްސާ ހޫނުވެއްޖެ

02 Jun 2020 | 02:36

ގާނޫނު އަސާސީ އިސްލާހުކުރަން ވޯޓު ނަގަން އޮއްވާ ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާ ހޫނުވެއްޖެއެވެ.

މި ޖަލްސާ ހޫނުވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަޑުގަދަކުރައްވަން ފެއްޓެވުމުންނެވެ. ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރައީސް ނަޝީދު ވަނީ އެބޭފުޅާގެ ނަން އިއްވާފައެވެ.

އެއަށްފަހު ގިނަ އަދަދެއްގެ މެންބަރުން ވަނީ އިދާރީ މޭޒު ކައިރިއަށް އައިސް އަޑުގަދަކޮށް ހަދާފައެވެ. އެތަނަށް ރައީސް ނަޝީދުވެސް ވަޑައިގެންނެވިތަން ފެނުނެވެ.

Advertisement

ކޮމެންޓް