މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ މައްސަލައިގައި މެންބަރު ޝިޔާމް ފުލުހަށް!

02 Jun 2020 | 19:09

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިރޭ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން މާރާމާރީގެ މައްސަލައެއް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނިންމަވައިފިއެވެ.

އެގޮތުން މި މައްސަލަ ހުށައެޅުމަށް ޝިޔާމް މިވަގުތު ހުންނެވީ ފުލުހުންގެ އިދާރާގައިކަން ފާހަގަކޮށްލެވެއެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯތަކުން ފެންނަ ގޮތުގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމްގެ ނަން އިއްވާ އެބޭފުޅާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު، މަޖިލީހުގެ ބައެއް އެހެން މެންބަރުން ވަނީ ޝިޔާމް ކޮއްޕާ ހައްދަވާފައެވެ.

އަދި އެވަގުތު ގިނަ ބަޔަކު އަޑުގަދަކޮށް ބައެއް މެންބަރުން ޝިޔާމްގެ ގައިކޮޅުގައި އޮޅުލައިގެން ތިބިތަންވެސް ފެނެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި މި ހަމަނުޖެހުންތަކުގައި ޝިޔާމްގެ ގަމީސްވެސް ވަނީ އިރައިގެން ގޮސްފައެވެ.

Advertisement

ކޮމެންޓް