Advertisement

ގުޅީފަޅު ޕްރޮޖެކްޓް ހިންގަމުންދާ ގޮތާއި މެދު މެންބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފި

04 Jun 2020 | 20:25

ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓް ހިންގަމުންދާ ގޮތާއި މެދު ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަލީ ހުސައިން އެ މަޝްރޫއުއާއި މެދު ކަންބޮޑުވުން ފާޅުކުރެއްވީ ޓްވިޓަރ މެދުވެރިކުރައްވައެވެ.

އެބޭފުޅާ ވިދާޅުވީ ގުޅީފަޅު ޕްރޮޖެކްޓަކީ ތިމާވެށީގެ ގެއްލުން އިންތިހާއަށް ބޮޑު އަދި ގުދުރަތީ ރީތިކަމުން ހޯދާ އިގުތިސާދީ އިޖުތިމާއީ ނަފާ ހީނަރު ކުރުވާ ޕްރޮޖެކްޓެއްކަމަށެވެ. އަދި އެއީ ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި އަދި މިދަނޑިވަޅު މާލީގޮތުން ދެކޮޅު ނުޖެހޭ، އެހެނަސް ހިއްކާ ބައިގަނޑާ ގުޅިފައިވާ ކުންފުނިތަކަށް ފައިދާވާނެ ޕްރޮޖެކްޓެއްކަމަށެވެ.

މީގެ އިތުރުން އެބޭފުޅާ ވަނީ ގުޅީފަޅު ހިއްކަން ބޭނުންވާ 20 މިލިޔަން ކޮޑި މީޓަރުގެ ވެލި އެހެން އަތޮޅުތަކުގެ އެތެރެވަރިންނާއި ބޭރުވަރިން ނެގުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ވިދާޅުވެފައެވެ.

"އަދި އެއީ ރަނގަޅު ގޮތެއްވެސް ނޫން. އެކަން އެމަގުން ނުހިނގާނެ ކަަަމަށް އުއްމީދުކުރަން"، އަލީ ހުސައިން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް