ފުލުހުންގެ ޕޯޓަލްއިން ވިޔަފާރިތަކަށް ހުއްދަދޭން ފެށިކަން ސިޓީ ކައުންސިލަށް ނޭނގޭ!

06 Jun 2020 | 12:24

މާލޭ ސިޓީގެ ވިޔަފާރިތަކަށް ހުއްދަ ދޫކުރުމަށް ސިޓީ ކައުންސިލުން ޕޯޓަލްއެއް ހަދައި މަސައްކަތް ކުރަމުން ދަނިކޮށް، ފުލުހުންގެ ޕޯޓަލްއިން ވިޔަފާރިތަކަށް ހުއްދަ ދޭން ފަށާފައިވަނީ މާލޭ ސިޓީ ކައުންސިލަށް ނޭނގިކަމަށް ހާމަވެއްޖެއެވެ.

ވިޔަފާރިތަކަށް ހުއްދައަށް އެދުމަށް މީގެ ކުރިން ހަމަޖެހިފައި އޮންނަ އުސޫލަކީ މާލޭ ސިޓީ ކައުންސިލްގެ ޕޯޓަލްއެއް މެދުވެރިކޮށް ހުއްދައަށް ހުށައެޅުމެވެ. އެއަށްފަހު އިކޮނޮމިކް މިނިސްޓްރީއާއި ފުލުހުން މެދުވެރިކޮށް ވެރިފައިކުރުމަށްފަހު، އެ ހުއްދަ ފުލުހުން ދޫކުރާ ގޮތަށް އޮތީ ހަމަޖައްސާފައެވެ.

ނަމަވެސް އެ ހުއްދަ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޫކުރަން ފެށިކަން ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. 

މިކަމާއި ގުޅިގެން ރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމަށްވާ "މިހާރު"އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާރމިޓް ދޫކުރަން ފެށީ ކައުންސިލަށް ނޭނގިއެވެ. އަދި މިއީ މާލެ ޕޮލިސް ސިޓީއަކަށް ބަދަލުވުން ފަދަ ކަމެއްގެ ގޮތުގައި މޭޔަރ ސިފަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބަދަލު އައިސްފައިވާ ދަނޑިވަޅަކީ ވިޔަފާރިތަކަށް ޕާރމިޓް ދޫކުރުމުގެ ކަންކަމުގައި ގިނަ ލަސްތަކެއް ކުރިމަތިވެ، ޝަކުވާތައް ގިނަވެފައިވާ ދުވަސްވަރެކެވެ.

Advertisement

ކޮމެންޓް