މެންބަރު ޝަހުދީ އަނެއްކާވެސް ޖޭޕީއަށް!

14 Nov 2018 | 18:22

ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާއަށް ހޮވިވަޑައިގެންނެވި މެންބަރު އަހުމަދު ޝަހުދީ، އަނެއްކާވެސް ޖޭޕީއާއި ގުޅިވަޑައިގެންފިއެވެ.

ދެވަނަ ފަހަރަށް ޝަހުދީ މިއަދު ޖޭޕީއާއި ގުޅިވަޑައިގެން، ފޯމްވަނީ ހަވާލުކުރައްވާފައެވެ. ފޯމާއި އެޕާޓީގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ޕާޓީގެ ރައީސް އަލީ ވަހީދެވެ. ފޯމް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖުމްހޫރީ ޕާޓީގެ އޮފީސް ކަމުގައިވާ ކުނޫޒްގައެވެ.

ޝަހުދީ މީގެ ކުރިން ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، ގުޅިވަޑައިގެންނެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށެވެ. ނަމަވެސް ޕީޕީއެމްގައި ހުންނަވަނިކޮށް، ޝަހުދީ އެ ޕާޓީން ވަކިކުރުމުން، އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން މެންބަރުކަމުން ވަކިކުރެވުނު ކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރާއި އެކު ޝަހުދީ އާއި ގޮނޑިގެއްލުނު އެހެން މެންބަރުންގެ ގޮނޑިތައް ވަނީ އަނބުރާ ލިބިފައެވެ. 

ޖުމްހޫރީ ޕާޓީން ފަހަކަށް އައިސް ދަނީ ގިނަ ސިޔާސީ ފަރާތްތަކެއް، އެ ޕާޓީއަށް ވައްދަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް، އަދި އަލްހާން ފަހުމީ ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

Advertisement

ކޮމެންޓް