ސިނަމާލެ ބްރިޖް މަތިން މީހެއް ފުންމާލައިފި

08 Jun 2020 | 23:59

ސިނަމާލެ ބްރިޖް މަތިން މީހެއް ފުންމާލައިފިއެވެ.

މަންޒަރުދުށް މީހަކު ވޮއިސް އަށް ކިޔައިދިންގޮތުގައި އޭނާ މިހާރު ނަގައިގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މިއީ އިންޑިޔާއަށް ނިސްބަތްވާ 31 އަހަރުގެ މީހެއްކަން ފުލުހުން ވަނީ ވޮއިސްއަށް ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ ބްރިޖް މަތިން މީހަކު ކަނޑަށް ފުންމާލި ޚަބަރު ހަވީރު 15:46 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

އަދި ފުލުހުންގެ ލޯންޗްގައި ނަގައިގެން އެމީހާ މިހާރު އައިޖީއެމްއެޗްއަށް ގެންދެވިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް