Advertisement

ކޮވިޑް-19 ބަލީގައި ރާއްޖެއިން 8ވަނަ މީހަކު ނިޔާވެއްޖެ

06 Jun 2020 | 16:39

ކޮވިޑް-19 ބަލީގައި ދިވެހިރާއްޖެއިން 8ވަނަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 09:25 ހާއިރު ބަންގްލަދޭޝްއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނަކު ހާލު ދެރަވެގެން އައިޖީއެމްއެޗްއަށް ގެނެވެނު ކަމަށެވެ. އަދި މި މީހާ ނިޔާވެފައިވާ ކަމަށާއި މިއީ ރާއްޖެއިން ކޮވިޑް-19 ބަލީގައި ނިޔާވި 8ވަނަ މީހާކަމަށް ވަނީ ކަނޑައަޅާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އައިޖީއެމްއެޗްގައި މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން އެހެނިހެން ކަންތައްތަކުގައި އެ ހޮސްޕިޓަލަށް ގެންދެވޭ މީހުންވެސް ކޮވިޑް-19 ބައްޔަށް ޓެސްޓް ކުރެވިގެންދާނެއެވެ.

މި ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދެވުނީ ކޮން ސިއްހީ މައްސަލައަކާއި ގުޅިގެންކަން ސާފުވާގޮތް ވަނީ ނުވެފައެވެ.

Advertisement

ކޮމެންޓް

Advertisement