Advertisement

ރ.އަތޮޅުގައި އެއާޕޯޓެއް އެޅުމުގެ ވިސްނުމެއް ނެތްކަމަށް ބުނުމުން މެންބަރު އާދަމް ޝަރީފްގެ ފާޑުކިޔުން ސަރުކާރަށް!

06 Jun 2020 | 21:59

މި ސަރުކާރުގެ އެއާ ކަނެކްޓިވިޓީ ޕްލޭންގައި ރ.އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވިސްނުން ނެތްކަމަށް ބުނުމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށްފިއެވެ.

ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ ބައްދަލުވުމުގައި އެބޭފުޅާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު ވިދާޅުވީ، ސަރުކާރުން އެކުލަވާލައިވާ ނޭޝަނަލް އެއާކަނެކްޓިވިޓީ ޕްލޭންގައި ރ.އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް ނިންމާފައި ނުވާކަމަށެވެ.

ސްޓޭޓް މިނިސްޓަރ ޒުހައިރު އިތުރަށް ވަނީ ރ.އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓްތައް ހުރުމުން ސީޕްލޭނުން ވަރަށް ބޮޑަށް ކަވަރކޮށްފައިވާ ސަރަހައްދެއްކަމަށްވެސް ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅިގެން އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރ.އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އަޅުއްްވާނެކަމަށް މަޖިލިސް އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން އެކަން އެގޮތަށް ޕްލޭން ކުރެވިފައި ނެތްކަމަށް ބުނެފައިވާކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

"ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ރ.އަތޮޅުގައި އެ އެއާޕޯޓް އަޅާނަން. އިންޝާﷲ"، މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބުމާއެކު ރ. އަތޮޅު ފައިނުގައި އަޅަން ހަމަޖެހިފައިވާ އެއާޕޯޓް ވަނީ މި ސަރުކާރުން ކެންސަލް ކޮށްފައެވެ. 

Advertisement

ކޮމެންޓް