މެންބަރު ނާޒިމްގެ ފަރާތުން ޑްރައިވަރުންގެ އެސޯސިއޭޝަނަށް ބޮޑު އެހީއެއް!

07 Jun 2020 | 16:05

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ނާޒިމް އަފާ އެސޯސިއޭޝަންގެ ފަރާތުން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް ބޮޑު އެހީއެއް ފޯރުކޮށްދީފިއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏ދިވެހި ޑްރައިވަރުންނަކީ ހީވާގިކަމާއެކު ގިނައިރު މަސައްކަތުގައި ހޭދަކުރަަ ބައެއްކަމަށެވެ. އެކަން ފާހަގަކުރުމުގެ ގޮތުން ‏ނާޒިމްއަފާ ފަައުންޑޭޝަނުގެ ފަރާތުން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް، ޕީޕީއީގެ 6000 އައިޓަމްސް ހަދިޔާކޮށްފައިވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

‏މިއަދު ހަދިޔާ ކުރި ޕީޕީއީގެ 6000 އައިޓަމްސް ތެރޭގައި ސެނިޓައިޒާ ފުޅި، ފޭސް މާސްކް އަދި އަންގި ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނާޒިމްގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މެލޭޝިޔާ ހިއްސާދާރެއްވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ދާދިފަހުން ގިނަ އެހީތަކެއް ވެދީފައެވެ. 

Advertisement

ކޮމެންޓް

Advertisement