ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު އަތައްގޮވީތަ؟

08 Jun 2020 | 06:09

އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުވިތާ ދެއަހަރެއްހާ ދުވަސް ވީއިރު މިހާތަނަށް މިވަނީ ނިމުނު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ ބޮޑު ޕްރޮޖެކްޓްގެ ނިމިފައިވާ ފްލެޓްތައް ހަވާލުނުވެ، އެތަކެއް ރައްޔިތުންގެ ފާޑުކިޔުމާއި ކުރިމަތިލާންޖެހިފައެވެ.

ކުރީ ސަރުކާރުގެ އިތުރުން މި ސަރުކާރުން ވެރިކަމަށް އައުމަށްވަނީ ބޯހިޔާވަހިކަމުގެ އެތަކެއް ޕްރޮޖެކްޓްތަކެއް ހިންގާނެކަމަށް ވައުދުވެފައެވެ.

ނަމަވެސް މިހާތަނަށްވެސް އެއިން މަޝްއޫއެއްގެ މަސައްކަތްފެށިފައިނުވެއެވެ. މިހުރިހާ ކަމަކާބެހޭ އެތަކެއް ސުވާލުތަކެއް ރައްޔިތުން މިއަދު ކުރަމުން ދަނިކޮށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު އޮތްހިސާބު ރައްޔިތުންނަށް ސާފުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި މިނިސްޓަރ އޮފް ހައުސިން އެންޑް އާރބަން ޑިވޮލްޕްމަންޓް، އައިމިނަތު އާތިފާއާއި ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުތަކުންނެވެ.

މިނިސްޓަރުގެ ޖަވާބުތަކަށް ރައްޔިތުންނާއި އެއްވަރަށް މާޔޫސްކޮށްލީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއެވެ.

ސަލީމް ވަނީ މި ސަރުކާރުން އަޅަން ހަމަޖައްސާފައިވާ 20،000 ހައުސިންގ ޔުނިޓު އެޅޭނެކަމާމެދު ސުވާލުއުފައްދަވާފައެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަޅާ 20000 ހައުސިން ޔުނިޓްގެ ބޮޑު ބައި ޕުލޭންކޮށް ނިމިފައިވީ ނަމަވެސް ވޭތުވެ ދިޔަ ދޮޅުއަހަރުގެ ތަޖުރިބާ އަށް ބަލާއިރު އެ ޕޮރެޖެކްޓް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ މީގެ ކުރިންވެސް އެކަމަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ސަބަބުން އެތައް ވަގުތެއް ބޭކާރު ކޮށްލުމަށްފަހު ޕްރޮޖެކްޓަށްފައިނޭންސް ކުރާނެ ގޮތް ހުށަނާޅާ ކަމަށާއި، އެހެންކަމުން ދަމާ ކަނޑާ މީހުންނާއެކު އެފަދަ ކަންތައް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

އަދި މެންބަރު ސަލީމް ވަނީ މިނިސްޓަރ އާތިފާއަށް މިކަންވާނެތޯ ސުވާލު އުފައްދަވާފައެވެ.

ކޮމީޓަގައި މިނިސްޓަރ އާތިފާއަށް މެމްބަރުން ކުރިމަތިކުރުވި ގިނަ ސުވާލުތަކަށް އެކަމަނާގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވުމާއި އެކު، ކޮމިޓީގެ މުގައްރިރު ވަނީ މެންބަރުންނަށް ސާފުވާ ގޮތަށް ލިއުމުން އެމައުލޫމާތު ހުށައެޅުއްވުމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްޢުތައް މަޑުޖެހިފައިވާ އިރު، އެއިން ކަމެއް ފެށޭނެއިރެެއްވެސް ސަރުކާރަކަށްވެސް ނޭގޭއެވެ. އަދި މިކަންކަމުން ރައްޔިތުންގެ ޕްރެޝަރު ސަރުކާރަށް އިންތިހާއަށް ބޮޑުވެފައިވަނިކޮށް ސަރުކާރުގެ އިސް ފަރާތްތަކުން އަންނަނީ ބޯހިޔާވަހިކަމާއި ގުޅުވައިގެން ކުރީ ސަރުކާރަށް އެތަކެއް ތުހުމަތުތަކެއް ކުރަމުންނެވެ.

Advertisement

ކޮމެންޓް