ދިރާގު ބައިސްކޯފުން ދިވެހި ސިނަމާގެ ރަންޖީލް އެއްތަންކޮށްލައިފި

15 Nov 2018 | 00:16

މުނިފޫހިފިލުވުމުގެ ދާއިރާގެ އެކި ލަވަތަލާއި ފިލްމުތަކާއި ވީޑިއޯތައް ބަލާލެވޭ ގޮތަށް ރާއްޖެގައި ނެރުނު ފުރަތަމަ އެޕް "ބައިސްކޯފު" އެޕް ނެރުމުގެ ހަފްލާއިން ރާއްޖޭގެ ސިނަމާގެ ރަންޖީލް މިވަނީ އެއްތަން ކުރުވާފައެވެ.

އެގޮތުން މަޝްހޫރު ފިލްމީތަރި ޝީލާ ނަޖީބް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއިން، 90ގެ އަހަރުތަކުގައި އާންމުންގެ މެދުގައި ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ ރަން ޖޯޑު ގިޔާޒް އާއި ވަލީދާ، ގިނަ ބައެއްލޯބި ލިބިފައިވާ ކުރީގެ ފިލްމީ ބަތަލާ ޝިރާނީ ގެ އިތުރުން ޖަންބު ހަސަން ފެނިގެންދެއެވެ.

މި ޕޮޓޯއަށް ވަނީ އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

90 ގެ އަހަރުތަކުން މަޝްހޫރު ކަން ހޯދި މިތަރިން ވަނީ ސްރީން އިން އެއްކޮށް ގެއްލިފައެވެ. އަދި މީގެތެރެއިން ގިނަ ތަރިން ވަނީ ދެން ފިލްމީ ދާއިރާއިން ނުފެންނާނެކަން ހާމަކޮށްފައެވެ.

ބައިސްކޯފް އެޕް ނެރުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވަނީ ގިނަ އަދަދެއްގެ އެހާރާ މިހާރުގެ ތަރިން ބައިވެރިވެފައެވެ. އަދި މި އެޕްގެ ޕާޓްނަރަކަށް ވަނީ ދިރާގު ހަމަ ޖައްސާފައެވެ.

Advertisement

ކޮމެންޓް