ފުލެޓު ކުޑަވެގެން ދޫކޮށްލަން އެކަކުވެސް ހުށައެޅިތޯ؟

09 Jun 2020 | 13:50

7،000 ފްލެޓުގެ މައްސަލައައިގައި ދެކެވެމުންދާ ވާހަކަ ތަކުގެ ތެރެެއިން މުލިޔާގޭގެ ކުރީގެ މިނިސްޓަރ އަހްމަދު މުސްތަފާ ސަރުކާރަށް ސުވާލެއް ހުށައަޅައިފިއެވެ. ފޭސް ބުކް ޕޭޖުގައި މުސްތަފާ ކުރެއްވި ސުވާލަކީ ފްލެޓު ލިބުނު މީިހުންގެ ތެރެއިން އެކަކުވެސް އެތަން ކޮތަރު ކޮށްޓަށް ވެގެން ދޫކުރަން ހުށައަޅާފައިވޭ އެއްޔެވެ.

މުސްތަފާ ވިދާޅުވީ ޔާމީން ސަރުކާރުގައި 5000 ރުފިޔާއަށް 500 އަކަފޫޓުގެ ދެ ކޮޓަރި އެޕާޓުމަންޓު ދޭން ކަނޑަ އެޅިއިރު މިހާރުވެސް މާލޭގެ ތަންތަނުގެ ރޭޓު ހުރީ އެޔަށް ވުރެ ދެގުނަ ބޮޑުކޮށް ކަމަށެވެ. 200 އަކަފޫޓު ހަމަ ނުވާ ކޑަ ކޮޓަރިއެއްވެސް މާލެ އިން މިހާރު ލިބެނީ 10000 އަށް ވުރެ މަތިން ކަމަށެވެ.

ޔަމީން ސަރުކާރުގައި މި ފްލެޓުތަކަށް ލާރި ދައްކާނެ 6 ގޮތެއް ވަނީ ދީ ފައިއެވެ. އޭގެ ތެރެއިން އޮޕްޝަން އެކެއް ގައި ޑައުންޕޭމަންޓަށް 15،000 ރުފިޔާ ދައްކާފައި، 25 އަހަރުން ނިންމާ ގޮތަށް މަހަކަށް ދައްކަން ޖެގެނީ 4,185 ރުފިޔާއެވެ. 15 އަހަރުން މިލްކުވާ ގޮތަށް ހުރި އެންމެ އަގު ބޮޑު އޮޕްޝަން ގެ ޑައުންޕޭމަންޓަކީ 20،000 އެވެ. އަދި މަހަކު ދައްކަން ޖެެހެނީ 6،919 ރުފިޔާއެވެ.

އެމް.ޑީ.ޕީ އޮޕޮޒިޝަން ގައި އޮތް އިރު އެތަންތަން މާ ކުޑަ ވެފައި އަގުބޮޑު ކަމަށް ބުނަމުން ދިޔައެވެ. ވެރިކަމަށްހޮވުމަށް ފަހު ސަރުކާރުން އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވާން ފެއްޓެވީ އެތަން ތަން ދެވެނީ މަހަކު 11،000 ރުފިޔާއަށްކަމަށެވެ. ތަނުގެ ސްޓްރަކުޗާ މިހާރު ނިމިފައިވާއިރު އަދިވެސް އެތަނުގެ ފިނިޝިން މަސައްކަތް ކުރިއަކަށް ނުދެއެވެ. ސަރުކާރުން ވިދާޅު ވަނީ މިއަންނަ މަހުގެ ނިޔަލަށް ނަން ލިސްޓު ފައިނަލް ކުރާނެ ކަމަށެވެ. ތަން ހަވާލު ކުރާނެ ތާރީހެއް އަދި ނޭގެއެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ މިހާރު 20،000 ރުފިޔާއަށް ދެ ކޮޓަރިއެޕާރޓުމަންޓުގައި އުޅޭ މީހުންނަށް 5000 ރުފިޔާއަށް އެވަރުތަނެއް ލިބުމުން ރެންޓުން 15،000 ސަލާމަތް ކުރެވޭނެކަމަށެވެ. މުސްތަފާ ވިދާޅުވީ ރައީސް ޔާމީނުގެތަސައްވުރަކީ އެއީ ކަމަށެވެ. މީހުން ރެންޓަށް ކުރާ ހަރަދު ކުޑަ ވުމުން ސޭވް ވާ ލާރިން އިތުރު ހަރަދު ކުރަން ފެށުމުންއޭގެ ފައިދާ ކުރާނީ ހަމަ ގައުމުގެއިގްތިސޯދަށް ކަމަށެވެ.

Advertisement

ކޮމެންޓް