ނިއު ނޯމަލްއަށް ކިޑްސް ކޯނާރގެ ތަފާތު ފޭސްމާސްކުތަކެއް!

09 Jun 2020 | 17:15

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ ނިއު ނޯމަލްގެ ތެރޭގައި ދިރިއުޅުމައިގެން ކުރިއަށްދާން އެންމެން ވަނީ މަސައްކަތް ފަށާފައެވެ. މިކަން ކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނުކުމެ އުޅޭ ވަގުތުތަކުގައި މާސްކް ބޭނުން ކުރުމަށް ސިއްހީ މަސައްކަތްތެރިން ދަނީ ތަކުރާރުކޮށް އިރުޝާދު ދެމުންނެވެ.

މިފަދައިން ބޭރުގައި އުޅޭއިރު އެންމެ ގިނަބަޔަކު އަޅައިގެން އުޅޭ އެކައްޗަކީ ފޮތި މާސްކެވެ. ފޮތި މާސްކް ވިއްކާ ގިނަ ތަންތަނާއި އޮންލައިން ޕޭޖްތައް ކިތަންމެހާވެސް ގިނައެވެ. އެކަމަކު މައްސަލައަކަށް ދިމާވެފައި އޮންނަނީ ކޮލިޓީ ރަނގަޅު އަދި އަގުހެޔޮކޮށް މާސްކް ލިބުން ބައެއް ފަހަރު ދަތިވުމެވެ.

ނަމަވެސް ހާސްނުވާށެވެ! ހެޔޮއަގުގައި ރަނގަޅު ކޮލިޓީގެ ފޮތި މާސްކް ވަރަށް ހެޔޮއަގުގައި ހުރިހާ އުމުރެއްގެ ފަރާތްތަކަށް ލިބޭނެ ގޮތް ކިޑްސް ކޯނަރ.އެމްވީ ޕޭޖުން މިވަނީ މަގުފަހިކޮށްދީފައެވެ.

ފޭސްބުކް އަދި އިންސްޓަގްރާމްގައި ހިންގާ މި ޕޭޖްގެ ފަރާތުން ވޮއިސްއަށް މައުލޫމާތުދެމުން ބުނީ އެ ޕޭޖުން އެކި ޑިޒައިންތަކުގެ މާސްކް ވިއްކާއިރު، އޭގެ ތެރޭގައި އެކި އުމުރުފުރައިގެ ފަރާތްތަކާއި ގުޅޭ މާސްކްތައްވެސް ހިމެނޭނެ ކަމަށެވެ. 

އަދި މި މާސްކްތަކަކީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށްވެސް ފެތޭ މާސްކްތަކެއްކަމަށްވެސް އެ ޕޭޖްއިން ބުންޏެވެ.

މި މާސްކްތައް ގަންނަން ބޭނުންވާ ފަރާތްތަކުން ކިޑްސް ކޯނަރ.އެމްވީ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ޕޭޖަށް މެސެޖް ކުރުމުން އިތުރު ތަފްސީލްތައް ލިބޭނެއެވެ. މީގެއިތުރުން 9937997 ނަންބަރަށް ގުޅައިގެން މާސްއަށް އޯޑަރުދެވޭނެއެވެ. މި މާސްކްތައް ގަތުމުން ހިލޭ ޑެލިވަރވެސްކޮށްދޭނެ ކަމަށް އެޕޭޖުން މައުލޫމާތު ދެއެވެ.

ވިޔަފާރި ހަބަރު ނުވަތަ އެޑްވޮޓީރޮއަލް ވޮއިސްގައި ޝައިއުކުރެއްވުމަށް ބޭނުންފުޅުވާ ފަތާތްތަކުން 9956888 ގުޅުއްވާ!

Advertisement

ކޮމެންޓް