Advertisement

ޓުއަރިޒަމް ބޮއިކޮޓްކުރުމަށް ގޮވާލި މޫނަކަށްވުރެން، މީ މޫނުތައް ޤައުމު ތަމްސީލްކުރަން ނެރުން މުހިންމެވެ.

10 Jun 2020 | 20:09

ޖުލައި މަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމުގެ ތައްޔާރިތަކާ ޓޫރިޒަމްގެ މައުލޫމާތު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދޭން ދަ ސަން ވިލް ޝައިން އެގެއިންގެ ނަމުގައި މިމަހުގެ 8 ވަނަދުވަހުގެ ރޭ ބޭއްވި ސޯޝަލް މީޑިއާ އިވެންޓްއަކީ ރާއްޖޭގެ ޓުއަރިޒަމް އަށް ވަރަށް މުހިންމު އިވެންޓެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލޯތައްވެސް ވަނީ އަމާޒުވެފައެވެ. މިއީ ކާމިޔާބު އިވެންޓެއްކަމަށް ސަރުކާރުން ދެކެވެއެވެ.

ދެންއޮތީ މިއިވެންޓުން ފާހަގަކޮށްލެވުނު، އަދި އެކަމަކަށް އެތަކެއް ބައެއްގެ ސަމާލުކަން ލިބުނުކަމެއްގެ ވާހަކައެވެ. މުޅި ރާއްޖެގެ ބްރޭޑްންޑް ހިފައިގެން ނިކުންނެވި ޓުއަރިޒަމް މިނިސްޓްރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށެވެ. މި މުހިންމު އިވެންޓްގައި ވީޑިއޯކޮށްފައިވަނީ ވީޑިއޯ ހަމަތަކާއި ޙިލާފަށްކަމަށް، އެކަމުގެ މާހިރުން ދިޔައީ ބުނަމުންނެވެ. ޙިލާފުވިގޮތް ޓެކްޓްފޮތްތަކުގެ އަލީގައި މީސްމީޑިއާއަށް ހިއްސާކުރަމުންނެވެ. ވީޑިއޯތައް ވަނީ ލައިންކޮރޮސްކުރެވިފަކަމަށެވެ. ދެވަނަކަމަށް އަދި އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވަނީ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ "ޕީއާރ" އިވެންޓަކަށް މި އިވެންޓްހެދިކަމަށް ބުނެކިޔަމުން އަންނަ ފާޑުކިޔުންތަކެވެ.

މިއިވެންޓުގައި މިނިސްޓަރު ޢަލީ ވަހީދުވަނީ ވީޑިއޯ ކްލިޕްއަކަށް އެކްޓުކުރައްވާފައެވެ. އެއީ އޭގެ ޒާތުގައި ތަފާތު، އަދި ކްރިއޭޓީވް އެޕްރޯޗެއްކަމުގައި ބެލެވިދާނެއެވެ. މާކެޓިން ދާއިރާގައި ކުންފުނިތަކުން، އެ ކުންފުނިތަކުގެ ޕީއާރ، އަދި ކޯޕަރޭޓް އިސް ފަރާތްތައް އިސްތިހާރު ކުޅެން ވަނީ ފަށާފައެވެ. އެ ފަރާތްތައް އާންމުންނާއި ގުޅުން އިތުރުކުރުމަށެވެ. މަޝްހޫރުވެ ބީރައްޓެހިކަން ފިލުވާލުމަށްޓަކައެވެ. އެލައިޑް، ދިރާގު އަދި އުރީދޫއިންވެސް މި ޓެކްޓިކް ބޭނުންކުރާތަން ފެނެއެވެ.

ނަމަވެސް ދުނިޔޭގެ ރަޤްޒަރީ ބްރޭންޑް "މޯލްޑިވްސް" ގެ މޫނަކަށް މިނިސްޓަރ ޢަލީ ވަހީދު މިއީ އެންމެ އެދެވޭ ބޭފުޅާތޯ މިއީ މިއަދު ކުރެވޭ ސުވާލެކެވެ. ނިމުނު ސަރުކާރުގައި ވެރިކަމަށް އައުމަށް ރާއްޖޭގެ މުޅި އިޤްތިސާދު ބަރޯސާވެފައިވާ ޓުއަރިޒަމް ބޮއިކޮޓްކުރުމުގެ އެންމެ އިސްކޮށް ހުންނަވައި ހަރަކާތްތެރިވެފައިވަނީ މިނިސްޓަރ ޢަލީ ވަހީދެވެ. ޖަރުމަނާއި އިނގިރޭސި ވިލާތުގައެވެ. މީސް މީޑިއާގައި ރާއްޖޭގެ ބްރޭންޑް ހަރާބުކޮށްލިއެވެ. ރާއްޖޭގެ ގުރުދަރީ ރީތިކަމުގެ ފޮޓޯތައް ހިއްސާކުރެވެމުން އައި ހޭޝްޓެގް މޯލްޑިވްސް އަށް އޭރުގެ އިދިކޮޅުގައި ހަރަކާތްތެރިވި އެމްޑީޕީއާއި ޗެއާޕާސަން ޢަލީ ވަހީދާއި އެ ޕާޓީގެ އިސްބޭފުޅުން ވަނީ ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުގެ ފޮޓޯއަޅައި ހަރާބުކޮށްލާފައެވެ.

އެހެންކަމުން ފަތުރުވެރިކަން ހަލާކުކުރަން ގޮވާލި ބޭފުޅެއް މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ އުދަރެހަށް އަލުން އަލުވިލުވުމަށް ބޭއްވި ބޮޑު އިވެންޓުގައި ރާއްޖޭގެ "މޫނު" ގޮތުގައި ފެނިގެން ދިޔުމަކީ ބަލައިގަންނަން އުދަޤޫވިކަމަކަށްވިއެވެ. ރައްޔިތުންނާއި، ސަރުކާރުގެ ޕާޓީތަކުގެ އިސް ފަރާތްތަކަށް ބެއްޔަސް މިކަން އޮތީ މިހެންކަން އެނގެނީ ޓުއަރިޒަމް މިނިސްޓްރީން ހިއްސާކޮށްފައިވާ ޓުވީޓަށް ދީފައިވާ ރައްދުތަކުންނެވެ.

ރާއްޖެއަކީ ދުނިޔެއަށް ކިތަންމެ ނަންމަޝްހޫރި މަންޒިލެއްކަމަކު، ރާއްޖޭގެ ރައީސުންގެ އިތުރުން ދުނިޔެއަށް ރާއްޖޭގެ މަޝްހޫރު މޫނުތަކެއް ނޭގެއެވެ. "އައިލެންޑް ޕްރިޒެންޓުން" ރައީސް ނަޝީދަށް ދުނިޔޭގެ ސަމާލުކަން ލިބުމުން ނަޝީދަކީ ރާއްޖެއިން ބޭރުގައި އެންމެ މަޝްހޫރު ދިވެއްސަކަށްވެދާނެއެވެ.

ރާއްޖޭގައި ސިޔާސީ މޫނުތަކުގެ އިތުރުން ހުނަރުވެރި ޤައުމީ ރީތި ނަން ހޯދަމުން އަންނަ ފަރާތްތައް ގިނައެވެ. ދުނިޔޭގެ ފެންވަރުގެ ގިނަ ކާމިޔާބު ހޯދާ ފަރާތްތައްވެސް އެހާމެ ގިނައެވެ. ރާއްޖެގެ ޓުއަރިޒަމް ގައި މި ފަރާތްތަކުގެ ހިއްސާ އޮންނަންޖެހޭނެކަމަށް ދެކެނީ، ރާއްޖެ މަރުކާގެ ހިއްސާ ދިވެހިންގެ ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެތީއެވެ. ޤައުމަށް ތީތިނަން ހޯދާދީފައިވާ ފަރާތްތަކަށް މި ފުރުސަތު ދެވެންޖެހޭނެތީއެވެ. އިންޑިއާގެ ޓުއަރިޒަމް އިސްތިހާރުތަކުގައި އިންޑިއާގެ ކުރީގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ބުޓިޔާ ބޭނުން ކުރަނީ މިހެންވެއެވެ. އަމީތާބާއި މަޝްހޫރި އެތަކެއް މޫނު ބޭނުންކުރަނީ މިހެންވެއެވެ. ޓުއަރިޒަމާއެކު ޤައުމިޔަތުވެސް ކުރިއަރުވަންޖެހެއެވެ.

އެގޮތުން ރާއްޖޭގެ އަގު ބޮޑު ބްރޭންޑް ހިފައިގެން ނިކުންނަން އެކަށޭނެ ބައެއް ފަރާތްތައް ތިބިއިރު އޭގެ ބައެއް ބޭފުޅުންނަށް ބަލާލާނަމެވެ.

ޢަލީ އަޝްފާޤް، ރާއްޖޭގެ ކުދި ބޮޑު އެކަކަށްވެސް އަސްފާޤް ނޯޅޭނެއެވެ. ޤައުމީ ދިދަ ޖާޒީހައި ޖަހައިގެން ނިކުގެ ޤައުމު އެކުވެރިކޮށްލެވޭ ހަމައެކަނި މީހަކީވެސް ހަމަ މިއީއެވެ. އުމުރުން އެންމެ 16 އަހަރުގައި ވެލެންސިއާ ޖާޒީގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑަށް ނިކުމެފައިވާ އަލީ އަޝްފާގް (ދަގަނޑޭ) އަކީ ދިވެހި ފުޓުބޯޅައިގައި މިހާތަނަށް އައި އިރު އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. ދުނިޔޭގެ ނިސްބަތުން ވެސް އަޝްފާޤު ފާހަގަކުރެވެއެވެ.

ދުނިޔޭގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިންގެ ތެރެއިން މިހާރުވެސް ފުޓްބޯޅާގައި ހަރަކާތްތެރިވާ ކުޅުންތެރިންގެ ލިސްޓުގައި 6 ވަނާގައި އަޝްފާޤް ވާދަކުރަނީ ރޮލާލްޑޯއާއި މެސީއާއެވެ. މިއީ ރާއްޖޭގެ ލަޤްޒަރީ މަރުކާއަށް އެކަށޭވެމޫނަކަށް ވަނީ މިފަދަ ޤައުމީ އަދި ބައިނަލްއަޤުވާމީ ކާމިޔާބުތަކާހެދިއެވެ.

އަބްދުލްޣަފޫރު އަލީ (ގައްބެ)، މިއީ ރާއްޖޭގެ ޓުއަޒިމް އިންޑަސް ޓްރީގެ ބްރޭޑްއެގޮތުގައި ބޭނުންކުރަން ވަރަށް އެކަށޭނެ ބޭފުޅެކެވެ. "ރާއްޖެއަކީ ޗާލު ތަނެއް، ބޭނުންވަނީ އެ ޗާލުކަން އެންމެންނަށް ދައްކާލަން،" މިއީ ރާއްޖެ ވަށާ ކެޓަމަރާނެއްގައި ބުރު ބުރުޖެހި ގައްބެގެ ވާހަކައެވެ. ރާއްޖޭ ގެ 40 އަށްވުރެ ގިނަރަށް ޒިޔާރަތްކޮށްފައިވާ ގައްބެވަނީ ރާއްޖޭގެ ނާޒުކު ތިމާވެށިވެސް ރާއްޖެއާއި ދުނިޔޭގެ ސަމާލުކަމަށް ގެނެސްދީފައެވެ.

ރާއްޖެގެ އަގު ބޮޑު މަރުކާ އިސްތިހާރުކުރުމުގައި ސަރުކާރުތަކުން ޤައުމީ ވިސްނުން ކުރިއަށްނެރެ، ޤައުމީ ހިދުމަތްތެރިން ކުރިއަށް ނެރެންޖެހެއެވެ. މި ޤައުމުގެ މޫނަކީ ހަމައެކަނި ސިޔާސީ ފަރާތްތަކުގެ މޫނުކަމުގައި ނުވާތީއެވެ.

Advertisement

ކޮމެންޓް