މިއަދުން ފެށިގެން ފިހާރަތައް ހުޅުވާނީ ހެނދުނު 9 އިން ފެށިގެން ރޭގަނޑު 9އަށް!

15 Jun 2020 | 10:21

މިއަދުން ފެށިގެން ލޮކްޑައުނަށް ލުއިދިނުމުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދާއިރު، މާލޭ ސިޓީގެ ފިހާރަތައް ހުޅުވާނެ ގަޑިތައް ސަރުކާރުން އާންމުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއިން ކުރި އިއުލާނެއްގައި ބުނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، މިހާތަނަށް ޢަމަލުކުރަމުން އައި އުޞޫލަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ލުއި ދިނުމަށް ނިންމުމާއި ގުޅިގެން، 15 ޖޫން 2020 އިން ފެށިގެން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވިޔަފާރިކުރާ ފަރާތްތަކުން، ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 9:00 އިން ރޭގަނޑު 9:00ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި، ޑެލިވަރީގެ ޚިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 9:00 އިން ރޭގަނޑު 10:00 އަކަށް ކަމަށް ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފަރާތްތަކާއި، ޑެލިވަރީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުންވެސް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރައްވަން ވާނެކަމަށެވެ.

Advertisement

ކޮމެންޓް

Advertisement