ދިވެހިންގެ ތަފާތު ރޭސިޒަމް: "ބަންގާޅިން" ކިޔުން ގޯސް، "ކާޅު" އޯކޭ؟

18 Jun 2020 | 23:53

ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ތެރޭގައި މުޅި ދުނިޔޭގެ ސަމާލުކަން މި ފަހުން ހޯދަފައިމިވަނީ އެމެރިކާގެ ފުލުހުން ހައްޔަރުކުރުމުގެ ތެރޭގައި މަރާލާފައިވާ ކަޅު ނަސްލުހެ ޖޯޖް ފްލޮއިޑްގެ މަރުގެ ހާދިސާއަށެވެ. ނަސްލީ ތަފާތުކުރުން ބޮޑު އެމެރިކާގައި މޭ މަހުގައި ހިނގަ މި ހާދިސާގައި އަތުގައި އެއްވެސް ހަތިޔާރެއް ނެތް ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލި ކަމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ދޮން ނަސްލުގެ ފުލުސް މީހާގެ މައްޗަށް މީހަކު މެރުމުގެ މިހާރުވަނި ކޮށްފައެވެ. މި މަރާއެކު މުޅި ދުނިޔެ ނަސްލީ ތަފާތުކުރުމާއި ނަސްލާއި ހަމުގެ ކުލައާއި ގުޅިގެން ކުރަމުން އަންނަ ހުރިހާ ބާވަތެއްގެ ފުރައްސާރައާއި ދެކޮޅަށް ވަނީ އަޑުފުލަންފަށާފައެވެ.

މިކަމުގައި ރާއްޖޭގެ ޑިމޮކްރަސީއާއި އިންސާނީ ހައްޤުގެ ދިފާޢުގައި ވަކާލާތުކުރަމުން އަންނަ އެތަކެއްބަޔަކު އަޑުއުފުލާފައިވެއެވެ. ބްލެކް ލައިވްސް މެޓާސްގެ ހޭޝްޓެގް ގައި އެތަކެއް ވާހަކަތަކެއް މީސްމީޑިއާއަށް ދިވެހިންގެ އެތަކެއްބައެއްގެ ޝުޢޫރުތައް ބަންޑުން ކުރަމުން ދިޔައެވެ.

މިއަދުވެސް ޖޯޖް ފްލޮއިޑްގެ ވާހަކަ ދެކެވެމުން ދެއެވެ. އެ ހާސިދާއަށް މަހެއް ނުވަނީސް ނަސްލީތަފާތު ކުރުމާ ދެކޮޅަށް އަޑުއުފުލި ފަރާތްތަކުން އެ އަޑުއުފުލި ގޮތާއި މުޅިން ހިލާފަށް މިއަދު މިވަނީ ގޮވެލިފަތި ގޮވަން ފަށާފައެވެ.

ކުރީގެ ރައީސްގެ ހަމުގެ ކުލައަށް ބަލާފައި، "ކާޅު" ގެ ނަމުން މުހާތަބްކުރަން މިވަނީ އަނެއްކާވެސް ފަށާފައެވެ. މީސްމީޑިއާގައި މި އަޑު ކުއްލިއަކަށް ގަދަވެއްޖެއެވެ.

2012 ގެ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވުމާއެކު އޭރުގެ އިދިކޮޅުގައި ތިބި އެމްޑީޕީން އޭރުގެ ރައީސް ޑރ. ވަހީދުއަށް މުހާތަބް ކުރެއްވި ގިނަ ނަންތަކުގެ ތެރެއިން "ކާޅު" މިއީ ފާހަގަކޮށްލެވޭނަމެކެވެ. އިންސާނީ ހައްޤާއި ކަރާމާތުގެ ވާހަކަ ކުރިއަރުވައި ދައްކަމުން އަންނަ ޕާޓީން މީހާގެ ކުލައަށް ބަލައި ކާޅަށް ގޮވަމުން ދާއިރު މިއީ ނަސްލީ ގޮތުން މީހަކާއި ދިމާކުރުންކަމަށް ނުވަނީތޯއެވެ. މިއީ ކަޅު ކޮންމެ މީހަކަށް "ކާޅު" ގެ ނަމުން ވަނަން ހެދުމުގެ ސަޤާފަތަކަށް ޤައުމު ހުޅުވާލެވުންކަމުގައި ނުވަނީތޯއެވެ.

މިއީ ރާއްޖޭގައި އިންސާނީ ހައްޤުގެ ދިފާއުގައި ނިކުންނަ ބައެއްގެ ކިބައިން ފެނިގެން ނުވާނެފަދަ ދަށުދަރަޖައިގެ އަމަލުތަކެކެވެ.

2012 އަށް ބަލާލަމާތޯއެވެ. އޭރު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާއެކު ލޮނިޒިޔާރަތްކޮޅު އުސްފަސްގަނޑުގައި އެމްޑީޕީން އިންސާފް ހޯދުމަށް އެ ސަރަހައްދުގައި ޓެންޓު ޖަހައި ސިޔާސީ ހަރަކާތް ފެއްޓިއެވެ. ރައީސް ވަހީދުގެ ނިމެންދެން މި ސަރަހައްދުގައި އެމްޑީޕީން ސިޔާސީ ހަރަކާތްތައް ހިންގިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ޑރ. ވަހީދު އާއި ގުޅުވާފައި "ކާޅު" ކޮއްޓެއް އެ ސަރަހައްދުގައި ހަދާފައެވެ. 100ރ ގެ މަގުން ކާޅު ގަނެ، އެ ކޮށީގައި ކާޅު ކެބިނެޓް ހަދައިގެން ކުރިއަށް ގެންދިޔައެވެ. މި ހިސާބުންވެސް ނިމުނީއެއްނޫނެވެ. ކާޅު އަޑުން ގޮވުމުގެ މުބާރާތެއްވެސް ވަނީ އުސްފަސްގަނޑުގައި ބާއްވާފައެވެ.

މިއަދު އަނެއްކާވެސް އެ އަޑުތައް މިވަނީ މީސްމީޑިއާގައި ގަދަވެފައެވެ. މިއީ ކޮންމެބައެއް ކުރިކަމުގައި ވީނަމަވެސް ހުއްޓުވެންޖެހޭ ކަންކަމެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ބެލެން ޖެހޭ މައްސަލަތަކެވެ. ފުލުހުންގެ "ނަފްރަތު އުފެއްދުން" ކެޓަގަރީއަށް ފެތޭނެ މައްސަލަތަކެވެ.

Advertisement

ކޮމެންޓް