Advertisement

އިންޑިޔާގެ އެންމެ އަގު ހެޔޮ އެއަރލައިން އިންޑިގޯ އިން ރާއްޖެއަށް ދަތުރުފަށައިފި

15 Nov 2018 | 13:34

އިންޑިޔާގެ އެންމެ އަގު ހެޔޮ އެއަރލައިން އަދި އެންމެ ބޮޑު ޕްރައިވެޓް އެއަރލައިން، އިންޑިގޯގެ، ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.

އަވައްޓެރި އިންޑިޔާއިން ރާއްޖެއަށް އިންޑިގޯ އެއަރލައިންގެ ދަތުރުތައް ފެށުމަށްޓަކައި ވެލާނާ އިންޓަރނޭޝަން އެއަރޕޯޓަށް މިއަދު ހެނދުނު ވަނީ އިންޑިގޯގެ 320 މަރަކައިގެ އެއަރ ބަސްއެއްވަނީ ޖައްސާފައެވެ.

އިންޑިޔާގެ ކޮޗިންއިން ފުރައިގެން ރާއްްޖެއަށް ދަތުރުކުރި އިންޑިގޯ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވޯޓަރ ސެލިއުޓް އަކާއިއެކު ސާގާފީ ހަރަކާތްތަކެއްވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިރަސްމިއްޔާތުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަކިލޭޝް މިޝްރާގެ އިތުރުން އިންޑިގޯގެ އޭއޯސީއެސްގެ ނައިބު ސިންތިއާ ލަކްރެއިންވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއަޔާތުގައި ވާހަކަފުޅު ދައްކަވަމުން އަކިލޭޝް ވިދާޅުވީ އިންޑިގޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ކުރަންފެށުމަކީ ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދާނެކަމެއް ކަމަށެވެ. އަދި އެއްޤައުމު ކުރެން އަނެއް ޤައުމު ދަސްކުރަން ޖެހޭ ކަންތައްތަކެއް އެބައޮތް ކަމަށާއި އިންޑިޔާގެ ޘަޤާފަތް އެނގުމަށްޓަކައި ބޮލީވުޑްއިން ދައްކާ މަންޒަރުތަކުން ނުފުދޭނެ ކަމަށާއި އިންޑިޔާއަށް ދަތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. 

"އިންޑިޔާއަކީ އިޤްތިޞާދީ ގޮތުން އަރާއޮތް ޤައުމެއް. އިޤްތިޞާދީ ކަންކަމުގައި އެންމެ ރަނގަޅު ޙައްލު ހޯދުމަށް އިންޑިޔާގެ ތަޖުރިބާކާރުން މަސައްކަތް ކުރޭ. މިއީ އިންޑިޔާ ކުރެން ރާއްޖެ ދަސްކުރަންވީ ކަމެއް. އަނެއްކޮޅުން އިންޑިޔާއިން އެބަޖެހޭ ޓޫރިޒަމް ހިންގާނެ ގޮތް ރާއްޖޭގެ މީހުން ކައިރިން ދަސްކުރަން. މިކަމަށްޓަކައި އެބަ ބޭނުންވޭ ދެޤައުމުގެ ދޭތެރޭގައި ފަސޭހަ ކަމާއިއެކު ދަތުރު ކުރެވޭނެ ނިޒާމެއް" މިޝްރާ ވިދާޅިވުވިއެވެ.

އިންޑިގޯ އެއަރލައިން ކޮންމެ ދުވަހަކު ރާއްޖެ އާއި ކޮޗިންއާ، މުންބާއީ އަދި ބެންގަލޫރުއަށް ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. 

2006 ވަނަ އަހަރުން 2 ފްލައިޓާއިއެކު ދަތުރުފެށި އިންޑިގޯ އެއަރލައިންއިން މިއަދު 194 ފްލައިޓާއެކު ދުނިޔޭގެ 14 ޤައުމަކަށް މިހާރު ދަތުރު ކުރެއެވެ. 

2 ދަތުރުތައް އިންޑިގޯއަކީ އޭޝިޔާ ސަރަހައްދުގެ 7 ވަނައަށް އެންމެ ބޮޑު އެއަރލައިންއެވެ. އަދި މިއީ އިންޑިޔާގެ އެންމެ ބޮޑު އަދި އެންމެ އަގު ހެޔޮ އެއަރލައިންއެވެ.

އިންޑިގޯއިން މިއަދު އިތުރު ދެ އިންޓަރނޭޝަނަލް މަންޒިލަކަށް ދަތުރުފަށާފައިވާއިރު، އިންޑިގޯއަކީ އޭޝިޔާ ސަރަހައްދުގެ 7 ވަނައަށް އެންމެ ބޮޑު އެއަރލައިންއެވެ.

Advertisement

ކޮމެންޓް