ފްލައިމީގައި މަސައްކަތްކުރާ 7 ޕައިލެޓުން ފިޔަވައި އެހެން ހުރިހާ ޕައިލެޓުން ނޯޕޭ ލީވްއަށް!

20 Jun 2020 | 14:29

ވިލާ އެއަރގެ ދަށުން ހިންގާ ފްލައިމީގައި މަސައްކަތްކުރާ 7 ޕައިލެޓުން ފިޔަވައި އެހެން ހުރިހާ ޕައިލެޓުން ނޯޕޭ ލީވްއަށް ދާން އަންގައިފިއެވެ.

މިކަން ވަނީ ފްލައިމީގެ އޮފިޝަލަކުވެސް ވޮއިސްއަށް ކަށަވަރު ކޮށްދެއްވާފައެވެ. އެ އޮފިޝަލް ވިދާޅުވީ މާލީ ހާލަތު ހުރިގޮތުން ހަތް ޕައިލެޓުން ފިޔަވައި އެހެން ހުރިހާ ޕައިލެޓުންނަށް އެންގިފައިވަނީ ނޯޕޭ ލީވްއަށް ދިއުމަށް ނުވަތަ އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ކަމަށެވެ.

މީގެ އިތުރުން އެތަނުގެ ބައެއް ކްރޫއިންނާއި އެހެނިހެން ފަރާތްތަކަށްވެސް ނޯޕޭއަށް ދާން އަންގާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރުވެސް ފްލައިމީގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ދެމުން ގެންދަނީ ވަރަށް ކުޑަކޮށެވެ.

-ތަފްސީލް އަންނަނީ-

Advertisement

ކޮމެންޓް