Advertisement

ދިރާގުން އަނެއްކާވެސް ކަސްޓަމަރުންނަށް ލުއިތަކެއް ދީފި

21 Jun 2020 | 20:29

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ ނިއު ނޯމަލްއަކާއި ދިމާލަށް މިސްރާބު ޖަހާފައި މިވާ ދަނޑިވަޅުގައި ދިރާގުން އަނެއްކާވެސް ކަސްޓަމަރުންނަށް ލުއިތަކެއް ދީފިއެެވެ.

އެގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ ތަކަށް އިތުރު އެލަވަންސް އަދި މޮބައިލް ޕޯސްޓްޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައެވެ.

އެކުންފުނިން ބުނީ މި ލުއިތައް ދޭން ނިންމީ މިއީ "ނިއު ނޯމަލް" ނުވަތަ އައު ޢާންމު ޚާލަތުގައި ދިރިއުޅެން ދަސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ދިރާގު ކަސްޓަމަރުންނަށް އެކަކު އަނެކަކާ މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމުގެ ގޮތުންކަމަށެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި އެކުންފުނީގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑްގެ ކަސްޓަމަރުންނަށް 33% އިތުރު އެލަވަންސް 21 ޖޫން އިން 15 ޖުލައި 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ބޫސްޓަރ އަކުން ލިބިގެންދާނެއެވެ. އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 30% ޑިސްކައުންޓް 16 ޖޫން އިން 15 ޖުލައި 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ބޫސްޓަރ އަކުން ލިބިގެންދާނެއެވެ.

މީގެ އިތުރުން މަމެންް އެޕް ބޭނުންކުރައްވާ ފަރާތްތަކަށް 20% އިތުރު އެލަވަންސް 20 ޖޫން 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ޑޭޓާ ބަންޑަލްތަކުން ލިބިގެންދާނެއެވެ.

ނޯޓް: މިއީ ދިރާގުގެ ފަރާތުން މީޑިޔާތަކަށް ފޮނުވި ޕްރެސް ރިލީސްްއެކެވެ.

Advertisement

ކޮމެންޓް

Advertisement