ނިއުނޯމަލްގައި ދަތުރުތައް ފެށުމުން ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދާންޖެހޭނެ: އެމްއޭސީއެލް

22 Jun 2020 | 08:29

ނިއު ނޯމަލްގައި ދަތުރުތައް ފެށުމުން ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދާންޖެހޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

މިކަން އެ ކުންފުނިން ހާމަކޮށްފައިވަނީ އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޓާމިނަލް މެނޭޖަރު އިބްރާހިމް ހުސައިންއެވެ. އޭނާ ވިދާޅުވިގޮތުގައި އެއާޕޯޓަށް ފުުރަންދާ މީހުންނަށް ނިއު ނޯމަލްގައި ހަތަރު ގަޑިއިރު ކުރިންް އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކުރާނެ ކަމަށެވެ.

މީގެ ކުރިން އެއާލައިންތަކަށް ސްލޮޓު ދިނީ ކޮންމެ 10 މިނެޓަކުން ނަމަވެސް ސޯޝަލް ޑިސްޓެންސިންގެ ފިޔަވަޅުތަކާއެކު ކޮންމެ 20 މިނެޓަކަށް ވަގުތު އިތުރު ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“18 ގަޑިއިރު ތެރޭގައި އަޅުގަނޑުމެން ބަހާލައިގެން މެނޭޖު ކުރެވޭނެ. އެއާލައިންތަކާ ކޯޑިނޭޓު ކުރަމުން މިދަނީ،” އޭނާ ވިދާޅުވި އެވެ.

އާ އަންމު ހާލަތުގައި އެއާޕޯޓު ހުޅުވާލާއިރު 10 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފެށުމަށް ޝައުގުވެރިކަން ފާޅުކޮށް ސްލޮޓް ބުކްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement