ޤައުމުގެ މަސްލަހަތާ ހަމަޖެހުމަށްޓަކައި މަޖްލިސް ރައީސް، އުއްތަމަ ފަނޑިޔާރު އިސްތިއުފާދީ - ސުއޫދު

24 Sep 2018 | 21:10

ޤައުމުގެ މަސްލަހަތާ ހަމަޖެހުމަށްޓަކައި މަޖްލިސް ރައީސް، އުއްތަމަ ފަނޑިޔާރު އިސްތިއުފާދެއްވުމަށް ކުރީގެ ބަންޑާރަ ނައިބް ހުސްނު ސުއޫދު ގޮވާލައްވައިފިއެވެ.

މިކަމަށް ގޮވާލައްވާފައިވާނީ ދާދި ދެންމެ އެމަނިކުފާނުގެ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން މިވަގުތު ޤައުމުގެ ހަމަޖެހުމާއި އެއްބައިވަންތަކަމަށް މަޖްލިސް ރައީސް އަބްދުﷲ މަސީހް އަދި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ އެމަޤާމުތަކުން އިސްތިއުފާ ދެއްވުމަށް ސުއޫދުގެ ޓްވީޓްގައި ގޮވާލައްވާފައިވެއެވެ.

މި ދަނޑިވަޅަކީ މި ސަރުކާރުން އެކި ތުހުމަތު ތަކުގައި ހައްޔަރުގައި އަދި ތަހުޤީގު ބަންދުގައި ތިބި ބޭފުޅުން ދޫކުރުމަށް ކޯޓައް ގެނެސްފައިވާ ވަގުތެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން މެންބަރި އަބްދުﷲ ރިޔާޒް ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން މިނިވަން ކުރެވިފައެވެ.

Advertisement

ކޮމެންޓް