ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ގަޔަށް ކުނިވަށިގަނޑެއް އެއްލައިފި

15 Nov 2018 | 13:18

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ބޭއްވިގެންދިޔަ ޖަލްސާ ހޫނުވެ ހިނގި ހަމަނުޖެހުންތަކުގައި، މަޖިލީހުގެ ރައީސް ކަރޫ ޖަަޔަސުރިޔާގެ ގައިކޮޅަށް ކުނި ވަށިގަނޑެއް އެއްލައިފިއެވެ.

އެގައުމުގެ މީޑިޔާތަކުން ހަބަރުފަތުރާ ގޮތުގަައި މިއަދުގެ ޖަލްސާ ހޫނުވެގެން ގޮސްފައިވަނީ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކޮށްފައިވާ މަހިންދަ ރާޖަޕަކްސަ ދެއްވި ބަޔާނެއްގައި، އާންމު އިންތިހާބު ބޭއްވުމަށް ގޮވާލި ހިސާބުންނެވެ. ލަންކާގެ ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ އިންތިހާބު ބޭއްވުން ވަގުތީ ގޮތުން ފަސްކޮށްފައެވެ. އަދި އެހެންމެ، މިއަދުގެ ހަމަނުޖެހުމުގައި މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން، އެބޭފުޅާއަށް ތާއިދުކުރައްވާ މެންބަރުންވަނީ، މަޖިލީހުގައި އަޑުގަދަކޮށް، މާރާމާރީ ހިންގުމަށް މަސައްކަތްކޮށްފައެވެ.

މި ހަމަނުޖެހުން ތަކުގައި މަޖިލީހުގެ ރައީސް ކަރޫ ޖަަޔަސޫރިޔާ ހިމާޔަތްކުރަން އުޅުމުގެ ތެރޭގައި ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީގެ ބައެއް މެންބަރުން ވަނީ، ސިޑިން ވެއްްޓި ހާނިއްކަވެފައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް މާދަމާ މެންދުރުފަހުގައިވެސް ބޭއްވުމަށް ވަނީ ތާވަލްކުރެވިފައެވެ.

Advertisement

ކޮމެންޓް