Advertisement

ކޮވިޑް-19 އާއި ގުޅިގެން ގްރެވިއަރއިން ހެޔޮ އަގުގައި ވެއްޔާއި ހިލަވެލި ފޯރުކޮށްދެނީ

05 Jul 2020 | 14:16

ކޮވިޑް-19އާއި ގުޅިގެން ދިވެހި އިގްތިސާދުގައި އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވާ އެއް ސިނާއަތަކީ އިމާރާތްކުރުމުގެ ސިނާއަތެވެ. އެހެނިހެން ސިނާއަތްތަކޭ އެއްފަދައިން މި ސިނާއަތަށް ލިބެމުންދިޔަ އާމްދަނީވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ބިދޭސީން މުސާރައިގެ ދަތިކަމުގެ ސަބަބުން ދިވެހިރާއްޖެ ދޫކޮށް ގޮސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ނިއު ނޯމަލްގައި މުޅި ގައުމު ހަށިފޮޅާލައި ތެދުވާއިރު، އިމާރާތްކުރުމުގެ ސިނާއަތުގެ މަސައްކަތްވެސް ދަނީ މަޑުމަޑުން ކުރިއަށްދަމުންނެވެ. އެގޮތުން އެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދިވެހި ކުންފުންޏެއްކަމަށްވާ ގްރެވިއަރގެ ފަރާތުން ވަނީ ޚާއްސަ ކަމެއް ފަށާފައެވެ.

ވޮއިސްއަށް މައުލޫމާތުދެއްވަމުން ގްރެވިއަރގެ އިސް އޮފިޝަލެއް  ވިދާޅުވީ އެކުންފުނީގެ ފަރާތުން އާންމުންނަށާއި އިގްތިސާދީ ހަރަކާތްތައް އާރާސްތުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިމާރާތްކުރުމަށް ބޭނުންވާނެ ސާމާނުތައް ހެޔޮއަގުގައި ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކުންފުނީގެ ތިލަފުށި ސައިޓްގައި ބަންދުކުރެވޭ ވެއްޔާއި ހިލަވެލި ބޭނުންވާ ފަރާތްތަކަށް، ބާޒާރުން އާންމުކޮށް ލިބޭ އަގަށްވުރެ ހެޔޮއަގުގައި ފޯރުކޮށްދޭން ނިންމާފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ގްރެވިއަރގެ ފަރާތުން މިވަގުތު ބަންދުކުރަމުން ގެންދަނީ 50 ކިލޯ އަދި 1 މެޓްރިކްޓަންގެ ވެއްޔާއި ހިލަވެއްޔެވެ. 

ހަލީމް ވިދާޅުވި ގޮތުގައި ގްރެވިއަރގެ ވެއްޔާއި ހިލަވެލި ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ހޮޓްލައިން 3333844 އަށް ގުޅާލުމުން އަގާއި އިންތިޒާމްތައް އެނގިގެންދާނެއެވެ. އަދި މީގެ އިތުރުން ވައިބަރ، ވަޓްސްއެޕް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް 9980765 އަށްވެސް އޯޑަރުތައް ކުރެވޭނެއެވެ.

މިފަދައިން އޯޑަރުކުރާ ފަރާތްތަކުން ބަސްތާތައް ގްރެވިއަރގެ ތިލަފުށީ ސައިޓްގެ ބަނދަރުންވެސް ނެގިދާނެއެވެ. އަދި އެކުންފުނިން ވެއްޔާއި ހިލަވެލި ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްރަށަށް ޑެލިވަރވެސް ކޮށްދޭނެއެވެ. ގްރެވިއަރއިން އުންމީދުކުރަނީ އެކުންފުނީގެ ތަކެތި ހެޔޮއަގުގައި ފޯރުކޮށްދެވުމުން އިމާރާތްކުރުމުގެ ސިނާއަތުގައި ހުއްޓިފައިވާ މަޝްރޫއުތަކަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement