ނިއު ނޯމަލްއަށް ދިވެހިރާއްޖެ ކުރާ ދަތުރު މާދަމާއިން ފެށިގެން އާ ގިއަރަކަށް!

30 Jun 2020 | 14:31

ކޮވިޑް-19 އިން އަރައިގަނެ، ނިއު ނޯމަލްއަކާއި ދިމާލަށް ދިވެހިރާއްޖެ ކުރަމުންދާ ދަތުރު މާދަމާއިން ފެށިގެން އައު ހަރުފަތަކަށް އަރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 އާއި ދެކޮޅަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ކުރަމުންދާ މަސައްކަތް މެދުކަނޑާލާނެކަމަށެވެ. އަދި ނިއު ނޯމަލްގެ ގަވާއިދުގެ ދަށުން ސަރުކާރުގެ އޮފީސްތަކާއި، ފިހާރަތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތައް މާދަމާއިން ފެށިގެން ހުޅުވިގެންދާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މާދަމާއިން ފެށިގެން ނިއު ނޯމަލްގެ ގަވާއިދުތަކުގެ ދަށުން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތުވެސް ދެވޭނެކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިހުގެ ޓްވީޓްގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ފްެރަންޓްލައިންގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ. 

އެނގިފައިވާ ގޮތުގައި އެންއީއޯސީގެ މަސައްކަތްތައް ހުއްޓާލިޔަސް، ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ނަމުގައި އެޗްޕީއޭއާއި ކަމާއިގުޅޭ އިދާރާތަކުން ކޮވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެއެވެ.

Advertisement

ކޮމެންޓް

Advertisement