11 ވަނަ މީހަކު މަރުވިކަމަށް އެޗްޕީއޭއަށް ބުނެވުނީ އޮޅުމަކުން!

03 Jul 2020 | 01:50

ރާއްޖެއިން ކޯވިޑް-19 ބަލީގައި 11 ވަނަ މީހަކު މަރުވެއްޖެ ކަމަށް މިރޭ އިރާކޮޅު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އަށް މައުލޫމާތު ދެވިފައި ވަނީ އޮޅުމަކުން ކަމަށް ބުނެފިއެވެ.

މިރޭ 12 ޖެހި އިރު އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން ކޯވިޑް ބަލީގައި އިންޑޮނޭޝިއާ މީހަކު މަރުވިކަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށެވެ. އަދި އެމީހާ މަރުވެފައި ވަނީ ކެންސަރު ބަލީގެ ސްޓޭޖު 4 އަށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އެޗްޕީއޭއިން މިރޭ އިރާކޮޅު ކުރި ޓުވީޓެއްގައި ބުނީ ރާއްޖެއިން ކޯވިޑް-19 ބަލީގައި 11 ވަނަ މީހަކު މަރުވެއްޖެ ކަމަށެވެ. އަދި އެއީ އުމުރުން 38 އަހަރުގެ އިންޑޮނޭޝިއާ ރައްޔިތެއް ކަމަށްވެސް އެޗްޕީއޭއިން ވަނީ އެ ޓްވީޓުގައި ބުނެފައެވެ.

އެ ޓުވީޓް ކުރިތާ ވިއްސަކަށް މިނިޓްތެރޭ އެޗްޕީއޭއިން ވަނީ އެ ޓުވީޓު ޑިލީޓްކޮށްފައެވެ. އަދި ފަހުން މިވަނީ އޮޅުމަކުން ދެވުނު މަޢުލޫމާތެއް ކަމަށް ބުނެފައެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައި ވަނީ ފަސް ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ޕިލިޕީންސްގެ މީހެކެވެ. އެއާއިއެކު ރާއްޖެއިން ކޯވިޑް -19 ޖެހިގެން މަރުވި މީޙުންގެ އަދަދު މިވަނީ 10 އަށް އަރާފައެވެ.


Advertisement

ކޮމެންޓް

Advertisement