މަހަކު އެއްފަހަރު ރައީސް އަށް ލަފާ އެރުވުމަށް ހަތަރު ލީޑަރުން ބައްދަލުކުރައްވަނީ

15 Nov 2018 | 16:34

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މަޝްވަރާ ދެއްވުމަށް މަހަކު މަދުވެގެން އެއްފަހަރު އިއްތިހާދުގެ ހަތަރު ލީޑަރުން ނިންމަވައިފިއެވެ.

ދެމިތިއްބަވާނެކަމަށް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުން ވިދާޅުވެއްޖެއެވެ.

މި ހޮނިހިރު ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އާއި ނައިބް ރައީސް ފައިސަލް ނަސީމް އާއި އެކު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުން ބޭއްވި ފުރަތަމަ ބައްދަލުވުމަށްފަހު ނޫސްވެެރިންނާއި ބައްދަލު ކުރައްވައި ލީޑަރުން ވިދާޅުވީ ހަތަރު ލީޑަރުން ދެމިތިއްބަވާނީ ރައީސް އިބޫއަށް މަޝްވަރާ ދެއްވުމުގައި ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވިގޮތުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސަރުކާރު ހިންގުމުގެ ލަފާ ހަތަރު ލީޑަރުން ކުރެއްވި ކަމުގައި ވިޔަސް ފަހުގެ ނިންމުން ނިންމާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

އަދާލަތް ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި މަޝްވަރާ އެރުވުމުގައި ދެމިތިއްބަވާނެކަމަށެވެ.

ޤާސިމް އިބްރާހިމް ވެސް ވަނީ ތިން ލީޑަރުންގެ ވާހަކަ ފުޅައް ތާއިދުކުރައްވައި ވާހަކަ ފުޅުދައްކަވާފައެވެ.

މިއީ ގުޅިފައިވާ އިއްތިހާދު އުފެދުނު ފަހުން ހުރިހާ ލީޑަރުން ބައްދަލުވި ފުރަތަމަ ފަހަރު ކަންވެސް ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް