ގދ.ތިނަދޫއަށް އުދަ އަރައިފި

05 Jul 2020 | 20:12

ގދ.އަތޮޅުގެ ވެރިކަން ކުރާ ރަށްކަމުގައިވާ އެއަތޮޅުގެ ތިނަދޫއަށް މިއަދު ހެނދުނު އުދަ އަރައިފިއެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމަށްވާ ސީއެންއެމްއަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ މީގެ ކުރިންވެސް އެ ރަށަކީ އުދައަރާ ރަށެއް ކަމަށާއި، ނަމަވެސް އެހާވަރަށް މީގެކުރިން ރަށުގެ އިރުމަތީ ފަރާތު ބަނދަރު ސަރަހައްދުން އުދަ ނާރާކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގައި އަޅާފައިވާ ދޯނިތަކަށްވެސް ބައެއް ގެއްލުންތައް ލިބުނުކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވި ގޮތުގައި މިއަދު އުދަ އެރި ސަރަހައްދަކީ އެރަށުގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްވެސް ހުންނަ ސަރަހައްދެވެ.

އެބޭފުޅާ ފާހަގަކުރެއްވި ގޮތުގައި ދިޔަވަރު ބޮޑުވުމުން، ބަނދަރު ސަރަހައްދުން އެހާ ބޮޑަށް އުދަ އަރަން މެދުވެރިވަނީ މިހާތަނަށްވެސް ބޭރު ތޮއްޓެއް ލާފައި ނުވުމުންނެވެ. އެކަން ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމްގެ ސަމާލުކަމަށް ގެނެވިފައިވާނެކަމަށް އަމްޖަދު ވިދާޅުވިއެވެ.

ފޮޓޯ: ތީމްސް/ޓްވިޓަރ

Advertisement

ކޮމެންޓް