އިޤްތިސާދް ހީނަރުވެފައިވަނިކޮށް މިނިސްޓަރ އަމީންގެ ކޮއްކޮ އަމީތަށް ސިޔާސީ މަޤާމެއް!

06 Jul 2020 | 20:44

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރުގެ ނައިބުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު  އަދި ހެލަތް މިނިސްޓަރ އަމީންގެ ކޮއްކޮ މުހައްމަދު އަމީތު އައްޔަނު ކުރަށްވައިފިއެވެ.

އަމީތު ޑެޕިއުޓީ އެމްބެސަޑަރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 29 ޖޫންގައި އެވެ. 

ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑު-19 އާއި ގުޅިގެން އަލަށް އެއްވެސް ސިޔާސީ މަޤާމަށް ނުއުފެއްދުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގާފައެވެ.

ޑެޕިއުޓީ އެމްބެސެޑަރުންނަކީ މިނިސްޓަރުންގެ ނައިބު ފެންވަރު މަޤާމަކަށް ވާއިރު ބޮޑު މުސާރައެއް އެ މަޤާމުގައި ހުންނަ ބޭފުޅަކަށް ލިބޭނެއެވެ. 

އަމީތަކީ ނިމިދިޔަ 18 ވަނަ މަޖިލީހުގައި އޭރު ވެރިކަމުގައި އޮތް ޕީޕީއެމުން ފެޔަށް ޖެހިވަޑައިގަނެ، އޭރު ހިނގަމުން ދިޔަ އިސްލާހީ ހަރަކާތާއި ގުޅިވަޑައިގަތުމުގެ ސަބަބުން ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެމްބަރެކެވެ.

Advertisement

ކޮމެންޓް