Advertisement

"ފިޔަވަތި" ގެ މުވައްޒަފަކަށް ކޯވިޑް ޖެހި، 21 ކުއްޖަކު ކަރަންޓީންއަށް!

06 Jul 2020 | 08:54

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިހުންނަ މަރުކަޒު “ފިޔަވަތި”ގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފިޔަވަތީގެ މުވައްޒަފަށް ކޯވިޑްޖެހުމުން އެތަނުގެ 11 މުވައްޒަފަކާއި 21 ކުދިން ކަރަންޓީނުކޮށްފައިވާ ކަަމަށެވެ.

އެ މީހުންނާއިި ކުދިން ކަރަންޓީނުކޮށްފައި ވަނީ ފިޔަވަަތީގައި، އެކަމަށް ހާއްސަކޮށްފައިވާ ވަކި ކޮޓަރިތަކެެއްގައި ކަމަށްވެސް ނަޒުލާ ވިދާޅުވިއެވެ.

ކަރަންޓީންކުރި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 6 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ފިޔަވަތީގެ މުވައްޒަފަަކަށް ކޯވިޑް-19 ޖެހުނުކަން އެނގުނީ އައިޖީއެމްއެޗުން ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކަށް ވެގެން ޓެސްޓްކުރުމުން ކަމަށެވެ. ފިޔަވަތީގެ މުވައްޒަފު ކޮންޓެކްޓަކަށްވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އޭނާގެ އާއިލާގެ މީހަކަށް ބަލި ޖެހުމުންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު 150 ކުޑަ ކުދިން ތިބިއިރު، އޭގެތެރެއިން 12 އަހަރުން ދަށުގެ ސަތޭކައެއްހާ ކުދިން ބަލަހައްޓަމުންދަނީ ފިޔަވަތީގައެވެ.

ރާއްޖެއިން މިހާތަނަށް 56،213 މީހުން ކޯވިޑް-19 އަށް ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 11 މީހަކު ވަނީ މަރުވެފަ އެވެ.

Advertisement

ކޮމެންޓް

Advertisement