ހުޅުމާލެގައި ބިދޭސީންނާއި ފުލުހުން ކުރިމަތިލުމަކަށް!

06 Jul 2020 | 15:27

ހުޅުމާލޭގައި ބިދޭސީންތަކެއް އިހުތިޖާޖުކުރަމުންދިޔަ ދިއުން ހުއްޓުވުމަށް ފުލުހުން އެތަނަށް ދިއުމުން އެތަނުގައި ތިބި ބިދޭސީން ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގައިފިއެވެ.

ފުލުހުންގެ މިޑީއާ އޮފިޝަލް މިމައްސަލާގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާގޮތުގައި ހަމަ ނުޖެހުން ހިންގަން މަސައްކަތްކުރި ބައެއް މީހުން ފުލުހުން ވަނީ އެ ސަރަހައްދުން ދުރަށް ފޮނުވާލާފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަގޮތުގައި މި އިހުތިޖާޖުގައި ބައިވެރިވި ބިދޭސީން ތެރެއިން އެކަކު ފުލުހުން ދުރުކުރަން މަސައްކަތްކުރުމުން ފުލުހުންނާއި ކުރިމަތިލުމަށް މަސައްކަތްކޮށްފައިވެއެވެ.

ހުޅުމާލޭގައި އިހުތިޖާޖުކުރަމުންދާ ބިދޭސީން އިހުތިޖާޖުކުރާ ސަބަބެއް މިހާތަނަށް އެނގިފައިނުވެއެވެ. ނަމަވެސް ފުލުހުންވަނީ މިމައްސަލައިގެ ތަފުސީލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ބިދޭސީން އިހުތިޖާޖުކޮށްފައިވަނީ މުސާރަނުދޭތީއެވެ.

މުސާރާގެ މައްސަލާގައި މި ހަފްތާތެރޭގައި ބ. ބޮޑުފިނޮޅުގައި ވަނީ ބިދޭސީންތަކެއްވެގެން 13 ދިވެހިން ރަހީނުކޮށްފައެވެ. ދިވެހިން ސަލާމަތްކޮށްފައިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައިއޭގެ އަނެއްދުވަހުއެވެ.


Advertisement

ކޮމެންޓް

Advertisement