Advertisement

ފްލެޓް ކޮމިޓީގެ ބަޔާން: ނުގުޅޭ މީހުންގެ ލިސްޓް އާންމުކޮށްފި!

18 Jul 2020 | 20:16

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ބައެއް ފަރާތްތަކުގެ ނަންތައް ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްބަޔާނެއް ނެރުއްވައިފިއެވެ.

ފްލެޓް ކޮމިޓީގެ ބަޔާން:

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ކުރެވިފައިވާ މަސައްކަތުގެ ތެރޭގައި، ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެވެއެވެ.

މިގޮތުން މި އިޢުލާންއާއެކު އެޓޭޗްކުރެވިފައިވާ ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H4 ، H5 ، H6 ، H8 އަދި H10 މިކެޓެގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކެވެ. އެ ފަރާތްތަކާ ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރެވިފައިވެއެވެ. H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް އަދި އެކީ ނިމިފައިނުވާތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީއިން ނުގުޅޭ ފަރާތްތަކުގެ ލިސްޓް ވީހާވެސް އަވަހަށް ޢާންމުކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މި ލިސްޓުގައި ހިމެނޭ ފަރާތްތަކުން 2020 ޖުލައި 15 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv/ މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.

H4 ލިސްޓް

H5 ލިސްޓް

H6 ލިސްޓް

H8 ލިސްޓް

H10 ލިސްޓް

އިއްޔެ ހައުސިންގ މިނިސްޓްރީގެ ފަރާތުން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވެފައިވާގޮތުގައި މި ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން ލިސްޓްތައް ޢަންމުކުރެވެންފާށާނެކަމަށާއި ނަމަވެސް އެއްކޮށް ލިސްޓް އާންމުކޮށް ނިމޭނީ އަންނަ ސެޕްޓެންބަރު މަހުގައިކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް