Advertisement

އަޚްލާގީ މައްސަލަތަކަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އިސްތިއުފާދެއްވަން ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި

08 Jul 2020 | 23:02

އަޚްލާގީ މައްސަލަތަކަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަގާމުން އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށައަޅާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އަލީ ވަހީދު މަގާމުން އިސްތިއުފާދެއްވަން ރައީސް މިރޭ ވަނީ އަންގަވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރެއް ކަމަށްވާ އަލީ ރައްޒާން ކުރި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އަދި ޗީފް އޮފް ސްޓާފް އަލްއުސްތާޛު އަލީ ޒާހިރު މިއަދުގެ ހުރިހާ ވަގުތެއް މިނިސްޓްރީގެ މުވައްޒަފުންނަށް ހުސްކޮށްދެއްވާ، ސާބިތުކަމާއި އެކު ޖިންސީ ފުރައްސާރައަށް އޮތީ ޒީރޯ ޓޮލަރެންސްކަން އަމަލުން ދައްކަވައިދެއްވާފައިވާ ކަމަށެވެ.

އަދި އެކަމަށް ސެލިއުޓް ކުރައްވާކަމަށާއި، ޖީލުތަކުން މިވާހަކަ ދައްކާނެކަމަށް ރައްޒާން ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަލީ ވަހީދަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާކަން ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ސަން" އިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement