ޗެނަލް13ގެ މައްސަލައެއް ބްރޯޑްކޮމްއިން އަނެއްކާވެސް ބަލަން ފަށައިފި

10 Jul 2020 | 17:20

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަނެއްކާވެސް ޗެނަލް 13ގެ މައްސަލައެއް ބަލަން ފަށައިފިއެވެ.

އަމިއްލަ ފަރާތަކުން ހުށައެޅި މި މައްސަލަ ބަލަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ޗެނަލް 13އަށް އަންގާފައެވެ.

އެ ސްޓޭޝަނަށް އަންގާފައިވާގޮތުގައި ބްރޯޑްކޮމްއިން ބަލަމުންދާ މައްސަލައަކީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައާއި ގުޅޭގޮތުން އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް އަކުރުން އަކުރަށް ޗެނަލް 13 އިން ތަކުރާރުކޮށް ގެނެސްދީފައިވާތީ، އެ ރިޕޯޓް ބްރޯޑްކާސްޓް ކުރަމުންގެންދަނީ އެއީ ތެދުކަން ކަށަވަރު ކޮށްގެންކަން ބަލައިދިނުމަށް އެދި ހުށައަޅާފައިވާ މައްސަލައެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ވަނީ ޗެނަލް 13 ގެ ބައެއް ޕްރޮގްރާމްތަކުގައި ޢާންމު އިޖްތިމާޢީ މިންގަނޑަށް ނުފެތޭ ބަސްމަގު ބޭނުންކުރާކަން ފާހަގަކުރެވޭތީ، އެކަމާ ގުޅޭގޮތުން އެ ސްޓޭޝަނާ ބައްދަލުކޮށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ގަވާއިދާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް އެ ސްޓޭޝަނަށް ނަސޭޙަތްތެރިވެސް ވެފައެވެ.

Advertisement

ކޮމެންޓް

Advertisement