ދިވެހިރާއްޖެއިން މިއަދު ކޮވިޑް-19 އަށް 64 މީހަކު ޕޮޒިޓިވްވެއްޖެ

10 Jul 2020 | 22:25

ދިވެހިރާއްޖެއިން މިއަދު ކޮވިޑް-19 އަށް 64 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު ހަވީރު ހައެއް ޖެހުމާއި ހަމައަށް ދިވެހިރާއްޖެއިން ކޮވިޑް-19 އަށް އަލަށް ވަނީ 64 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއި އެކު މި ބައްޔަށް ފައްސި ނުވަތަ ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2617 އަށް އަރާފައެވެ.

މި ބަލިން 2238 މީހުން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި ވަނީ 361 މީހުންނެވެ. މި ބަލީގައި ދިވެހިރާއްޖެއިން 13 މީހަކު ވަނީ ނިޔާވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުއްލިއަކަށް މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވުމުން ގިނަބަޔަކު މީސް މީޑިޔާގައި ދަނީ  ލޮކްޑައުން އިތުރަށް ވަރުގަދަކުރަން ގޮވާލަމުންނެވެ.

Advertisement

ކޮމެންޓް