ރ.އުނގޫފާރު ކުޑަކުދިންގެ ޕާކް ތަރައްގީކޮށް ބެލެެހެއްޓުން އާރްއެޗް ހޯލްޑިންގްސް ކުންފުންޏަށް ހަވާލުކޮށްފި

11 Jul 2020 | 12:33

ރ.އުނގޫފާރު ކުޑަކުދިންގެ ޕާކް ތަރައްގީކޮށް ބެލެެހެއްޓުން އާރްއެޗް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ހަވާލުކޮށްފިއެވެ.

ރ.އުނގޫފާރު ރަށު ކައުންސިލްގެ ފަރާތުން މި މަސައްކަތް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އާރްއެޗް ހޯލްޑިންގްސް ކުންފުނިން މައުލޫމާތުދޭ ގޮތުގައި މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެ ޕާކް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕްލޭގްރައުންޑް އޭރިޔާގައި ކުޑަކުދިން ކުޅޭނެ ތަފާތު ގިނަ ސާމާނުތައް ބަހައްޓައި، އެކުދިންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސަން ވަނީ ނިންމާފައެވެ.

އަދި އެ ޕާކްގައިވާ ފިހާރަތައް ތަރައްގީކޮށް، ކުޑަކުދިންނާ ގުޅޭ ތަފާތު ސާމާނުތައް ލިބޭނެ އިންތިޒާމް ހަމަޖައްސަން އެ ކުންފުނިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެ ޕާކްގައި ކެފޭއަކާއި ޓީވީ ބެލުމަށް ސްކްރީނެއް ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް

Advertisement