މެންބަރު ޖާބިރުގެ ތަޢުރީފް މޮޑެލް ކައިޒީނަށް!

11 Jul 2020 | 12:54

ދިވެހިރާއްޖޭގެ މަޝްހޫރު މޮޑެލްއެއް ކަމުގައިވާ ފާތިމަތު ޒަޔަން ނުވަތަ މަޝްހޫރު ނަމުންނަމަ ކައިޒީނަށް ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރު ތައުރީފް ކުރައްވައިފިއެވެ.

ޑީއާރްޕީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ކައިޒީންގެ ފޭނުންނަށް ކޮވިޑް-19 އާ ގުޅިގެން ދިން ހަދިޔާއަކީ އެހެން އެފަދަ ސެލެބްރިޓީން ނަމޫނާއެއްގެ ގޮތަށް ނަންގަވަންޖެހޭ ކަމެއްކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

އެބޭފުޅާ ވަނީ ކައިޒީންއާއި އެހެނިހެން ސެލެބްރިޓީން ގައުމު އިސްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކައިޒީންގެ އިންސްޓަގްރާމަށް 100،000 ފޮލޯވަރުން ހަމަވުމުގެ މުނާސަބަތުގައި އޭނާ ވަނީ ވަރަށް ޚާއްސަ ގިވްއަވޭއެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ތިން ފޭނުންނަށް 1000 ޑޮލަރު ދިންއިރު، އިތުރު ފޭންއަކަށް އޭނާ ވަނީ ފުރޮޅުލީ ގޮނޑިއެއް ގަނެދީފައެވެ.

މި ގިވްއަވޭގެ ކަންތައްތައް އިންސާފުވެރިކަމާއި އެކު ގެންދިއުމުން ގިނަބަޔަކު ދަނީ ކައިޒީނަށް ތައުރީފްކުރަމުންނެވެ.

Advertisement

ކޮމެންޓް