ހޯމް ކަރަންޓީނުން ދޫކޮށްލިފަހުން ދުވާފަރުގައި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

12 Jul 2020 | 06:43

ހޯމް ކަރަންޓީންގައި ތިބުމަށްފަހު ރ.ދުވާފަރުން ދޫކޮށްލި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ދިވެހިރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމަށްވާ "ސަން" އަށް މައުލޫމާތުދެމުން ރ.ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ ހޯމް ކަރަންޓީންގެ 14 ދުވަސް ނިންމުމަށްފަހު، ސާމްޕަލް ނެގެޓިވްވުމުން މީގެ ދެ ދުވަސް ކުރިން ކަރަންޓީނުން ދޫކޮށްލިކަމަށެވެ.

ނަމަވެސް އެޗްޕީއޭގެ އެދުމުގެ މަތިން އަނެއްކާވެސް އެމީހުންގެ ސާމްޕަލް ފޮނުވުމުން، ޕޮޒިޓިވްވެފައިވާކަމަށް ނަސީރު ވަނީ ވިދާޅުވެފައެވެ. އެބޭފުޅާ ވިދާޅުވި ގޮތުގައި މި ތިން މީހުންގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރެވެމުންދާއިރު، އެ މީހުން ވަނީ ކަރަންޓީނުން ދޫކޮށްލުމުން ގިނަ އަދަދެއްގެ މީހުންނާއި ބައްދަލުކޮށްފައެވެ.

މިއާއި އެކު އެމީހުން ދިރިއުޅެމުންދިޔަ ގެ އަލުން ވަނީ މޮނީޓަރިންގގެ ހާލަތަށް ގެންދެވިފައެވެ. ފަހަކަށް އައިސް ހޯމް ކަރަންޓީންގައި ތިބޭ ފަރާތްތަކުން ޕޮޒިޓިވްވާ މިންވަރު ދަނީ އިތުރުވަމުންނެވެ.

Advertisement

ކޮމެންޓް