Advertisement

މާސްކް އެޅުމުގައި ފަރުވާކުޑަ ކުރާތަން އެބަފެނޭ: ޑރ.ލަތީފް

12 Jul 2020 | 11:49

މިފަހަކަށް އައިސް ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމުގައި އާންމުން ފަރުވާކުޑަކުރަމުންދާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑރ.އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ރޭ އޮތް އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޑރ.އަލީ ލަތީފް ވިދާޅުވިގޮތުގައި މި ދެ ދުވަހު ކޮވިޑް-19ގެ ކޭސްތައް ފެނުނު މިންވަރު އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ތިބުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި އާންމުން އެކަށީގެންވާ ގޮތުގައި މާސްކް ބޭނުންނުކުރާ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ޑރ.ލަތީފް ވިދާޅުވީ ލޮކްޑައުނަށް ލުއިދިން ފުރަތަމަ ދުވަސްކޮޅު ގިނަ އަދަދެެއްގެ ފަރާތްތަކުން ރަނގަޅަށް މާސްކް އަަޅައިގެން އުޅުނު މަންޒަރު ފެނިގެންދިޔައެވެ. ނަމަވެސް މިހާރު މާސްކް ނާޅާ މަގުމަތީގައި އުޅޭ މަންޒަރާއި، އެޅިޔަސް ރަނގަޅަށް ނާޅާ މަންޒަރުވެސް ފެންނަމުންދާކަމަށް ޑރ.ލަތީފް ވިދާޅުވިއެވެ.

މިފަދައިން އަމަލުކުރާނަމަ ބަލި އަނެއްކާވެސް ފެތުރުމުގެ ބިރުވެރިކަން އެބައޮތްކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވާ ނަންބަރުތައް ވަޒަންކުރާ މަރުހަލާތައް ބެލުމަށްފަހު އަލުން ލޮކްޑައުނަކަށް ދާންޖެހިދާނެކަމުގެ އިންޒާރުވެސް ޑރ.އަލީ ލަތީފް ރޭ ދެއްވިއެވެ.

Advertisement

ކޮމެންޓް