Advertisement

އަލީ ވަހީދުގެ ލެޕްޓޮޕާއި ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް!

12 Jul 2020 | 21:59

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ލެޕްޓޮޮޕާއި ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ވަނީ އަލީ ވަހީދު ދިރިއުޅުއްވަމުން ގެންދަވާ ގެ ފާސްކޮށްފައެވެ. ފުލުހުން ބުނިގޮތުގައި އަލީ ވަހީދުގެ ގެ ބަލާފާސްކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެންނެވެ.

އަދި އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހެކި ހޯދުމުގެ ކަންކަން ކުރިއަށް ގެންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވެނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައާއި ގޯނާކުރިކަމުގެ ތުހުމަތެވެ. މި މައްސަލައާއި ގުޅިގެން އަލީ ވަހީދަށް މަގާމުން އިސްތިއުފާދެއްވަން މިދިޔަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެންގެވިއެވެ.

ނަމަވެސް އެ މަގާމުން އެބޭފުޅާ އަމިއްލައަށް އިސްތިއުފާ ނުދެއްވުމުން، ޖެހިގެން އައި ދުވަހު ވަނީ މަގާމުން ވަކިކުރައްވާފައެވެ.

Advertisement

ކޮމެންޓް