އެޗްއާރްސީއެމްގެ ރައީސާ އީނާސް އިސްތިއުފާ ދެއްވައިފި

12 Jul 2020 | 15:22

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސާ ކަމުގެ މަގާމުގައި ހުންނެވި އައިމިނަތު އީނާސް ކޮމިޝަނުން އިސްތިއުފާދެއްވައިފިއެވެ.

އީނާސް މި މަގާމުން އިސްތިއުފާދެއްވާފައިވަނީ އެހެން މެންބަރެއް ކަމަށްވާ އައިޝަތު އަފްރީން މުހައްމަދާއި އެކުގައެވެ.

މި ދެފަރާތް އިސްތިއުފާދެއްވާފައިވާ ދަނޑިވަޅަކީ، އެޗްއާރްސީއެމްގެ މެންބަރުން މަގާމުން ވަކިކުރުމުގެ އިޖްރާއަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ހުށައަޅާފައިވާ ވަގުތެއްކަން ފާހަގަކޮށްލެވެއެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން މިއަދުގެ ނިޔަލަށް ކޮމެޓީން ވަނީ އަންގާފައެވެ.

އެނގިފައިވާ ގޮތުގައި އީނާސް އިސްތިއުފާދެއްވާފައިވަނީ މިފަދައިން އަމަލުކުރެއްވުމަށް ފަހުގައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި އެޗްއާރްސީއެމްގެ މެންބަރުން އެފަރާތްތަކުގެ ގާނޫނީ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރާކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން މީގެ ކުރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. 

Advertisement

ކޮމެންޓް