ރޭޕްއާއި ގުޅުވައިގެން ސްމިތު ކުރި ޓްވީޓްގެ މައްސަލަ ބަލަން ފަށައިފި

12 Jul 2020 | 21:06

"ރޭޕް ކުރީމަ ކަޑަވަނީދޯ" ކަމަށްބުނެ ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ހާޝިމް (ސްމިތު) ކުރި ޓްވީޓްގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލަން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްމިތުގެ އަމަލަކީ ސަރުކާރަށް ލަދުވެތި ކަމެއްކަމަށާއި، އެފަދަ ބަސްމަގަކީ ދެެރަ އަދި ދަށުފެންވަރުގެ އެއްޗެއްކަމަށެވެ. އަދި އެއީ އެއްވެސް ފަރާތަކާއި ދެކޮޅަށް ބޭނުންކޮށްގެން ވާނެފަދަ ބަސްތަކެއް ނޫން ކަމަށާއި އެ ޓްވީޓްގެ މައްސަލަ ރައީސް އޮފީހުން ބަލަމުންދާ ކަމަށެވެ.

ސްމިތުގެ ޓްވީޓާއި ގުޅިގެން އޭނާއަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އެ މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްމިތު ފަހުން ވަނީ އޭނާގެ ޓްވީޓް ދިފާއުކޮށްފައެވެ. އެގޮތުން އެ ޓްވީޓްގައި ބުނީ އޭނާ މާގިރި ހޮޓަލަށް ގެންދިޔަ ކަމަށް ބުނާ އަންހެންކުދިން ދިޔައީ ގަދަބާރަކުން ނޫންކަމަށާއި އަދި ރޭޕް ކުރި ނަމަ "ކަޑަ" ކަމަކަށް ވާނެކަން ކަމަށް ވަނީ ބުނެފައެވެ. އަދި ކުރުކޮށް އަވަސް އަރުވާލައިގެން ލިޔެވުމުން މާނަ އޮޅިގެންދިޔައީ ކަމަށް އޭނާ ބުންޏެވެ.

ސްމިތު ފަހުން ވަނީ އެ ޓްވީޓް ރައްދުވި އަންހެންކުއްޖާގެ ކިބައިން މައާފަށް އެދިފައެވެ.

Advertisement

ކޮމެންޓް