ހަނު ތިއްބެވި ފަރާތަތަކުން ކުއްލިއަކަށް ހޭލާތަން ފެންނަން ފަށައިފި: ޑރ. ޖަމީލް

18 Nov 2018 | 14:08

ރައީސްއުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނަށް ބޯނުލަނބާ ގާނޫނީ އިމުގެ ބޭރުން އަމަލު ކުރައްވަމުން ގެންދެވިއިރު އެކަންކަން ދިފާއުކޮށް ހަނު ތިއްބެވި ފަރާތްތަކުން ވެރިކަން ބަދަލުވުމާއެކު ކުއްލިއަކަށް ހޭލާ މަންޒަރު ފެނިވަޑައިގަންނަވާކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ.

ބުރަ މަސައްކަތާއެކު މަގުމަތީގައި ހައްގައްޓަކައި ގުރުބާންވި އެތަކެއް ރައްޔިތުން މަތިން މިއަދު ހަނދާން ބަހައްޓަން ޖެހޭކަމުގައިވެސް ޑރ. ޖަމީލްގެ ޓްވީޓުގައި ބުނެފައިވެއެވެ. އަދި އެއީ އިއްތިހާދުގެ ވައުދެއްކަންވެސް ޑރ. ޖަމީލްވަނީ ހަނދުމަފުޅު އަރުވަދީފައެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީނަށް ބައިތު ހިތްޕަވައިގެން ތިއްބެވި އެތައް ފަރާތްތަކަކުން އިދިކޮޅު އިއްތިހާދާ ގުޅެމުންދާ ދަނޑިވަޅެއްގައެވެ. 

Advertisement

ކޮމެންޓް