އެއްވުންތައް ބޭއްވުމަށް މާލެ މަގުމަތިން ޖާގައެއްނުދެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައިފ

14 Jul 2020 | 13:16

މާލޭގައި ބާއްވާ އެއްވުންތައް ދެން ބޭއްވޭނީ ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުންކަމަށްވާ، ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް މިނިސްޓްރީ އޮފް ހޯމަ އެފެއާޒްއިން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ބަޔާން ނެރެފައިމިވަނީ ފަހަކަށް އައިސް ރާއްޖޭގައި އަންހެނުން އާއި ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާ އިތުރުވެ، އެއްވެސް މައްސަލަ އަކަށް އިންސާފެއް ލިބިފައި ނުވާތީ ބައެއް ފަރާތް ތަކުން މަގުމައްޗައް ނިކުމެ ނުރުހުން ފާޅުކޮށް އިންސާފު ހޯދަދިނުމަށް އެދި މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ވެރިކަން ކުރާ މާލޭގައި ދެން އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ދޭ ހުއްދައަކާއި އެކު ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ.

އެގޮތުން އެބާނުގައި ހަވާލާދީފައިވަނީ ކުރީ ސަރުކާރުގެ 31 އޮގަސްޓް 216 ގައި ކޮށްފައިވާ އިއުލާން ނަންބަރ (ILU/10/f/2016/12) އާއެވެ. މިއީ އޭރުގެ އިދިކޮޅު ފަރާތްތަކުން އެއްވުންތައް ބޭއްވުން އިތުރުވުމުން އިއުލާންކޮށްފައިވާ އުސޫލެކެވެ.

Advertisement

ކޮމެންޓް