Advertisement

ބިދޭސީންގެ މައްސަލަ މިނިސްޓަރ ފައްޔާޒް ސިފަކުރެއްވީ ބިރުވެރި ހޮހަޅައެއްގެ ގޮތުގައި!

14 Jul 2020 | 17:44

ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ބިރުވެެރި ހޮހަޅައެއްފަދަ ކަމެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރައްވަން ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަންކަމަށް އެއްވެސް ފަރާތަކަށް ނުފޫޒެއް ނުފޯރުވޭނެކަމަށެވެ. އަދި މިނިސްޓަރ ވަނީ މިއީ ހައްލުކުރަން ފަސޭހަ ނޫން، ހައްސާސީ މައްސަލައެއްކަމަށް ވިދާޅުވެފައެވެ. 

އެބޭފުޅާ އިތުރަށް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ހަވާލުވެ ވަޑައިގެންނެވިއިރު، އެކަންތައް ސިފަވެގެންދިޔައީ ކުޑައިރު ކާނިވާތަކުގައި ވަދެވޭ ބިރުވެރި ހޮހަޅައެއްގެ ގޮތަށް ކަމަށެވެ. 

"ދާނެ ދިމާލެއް ދެން ވާނެގޮތެއް އެއްވެސް އެއްޗެއް ނޭނގޭ ކަހަލަ މި ދެންނެވި އަނދިރި ކަންތައްގަނޑެއްގެ ތެރެއަށް"، މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މި ހޮހަޅައިގެ ބޭރުން އަލިކަން ފެނި މައްސަލަ ހައްލުވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ފައްޔާޒް އިތުރަށް ވިދާޅުވީ މިކަމުގެ ބޭނުމަކީ ބިދޭސީން ފޮނުވާލުން ނޫންކަމަށާއި، ގަވާއިދާއި ޚިލާފަށް ގެނެވިފައިވާ އަދި ގަވާއިދާއި ޚިލާފްވެފައިވާ ބިދޭސީންގެ ކަންތައްތައް ހައްލުކުރުން ކަމަށެވެ.

Advertisement

ކޮމެންޓް