Advertisement

ކޮވިޑް-19 އަށް މިއަދު 39 މީހަކު ޕޮޒިޓިވްވެއްޖެ

14 Jul 2020 | 23:54

ކޮވިޑް-19 އަށް ދިވެހިރާއްޖެއިން މިއަދު 39 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަަށް ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ވަނީ 39 މީހަކު ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 27 ދިވެހިން، ބަންގްލަދޭޝްގެ ހަތް ރައްޔިތުން އަދި އިންޑިޔާގެ ފަސް މީހުންނެވެ.

މިއާއި އެކު ދިވެހިރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 2801 އަށް އަރާފައެވެ. މި ބައްޔަށް މިހާރު ފަރުވާދެމުންދަނީ 470 މީހުންނަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ވަނީ 14 މީހަކު މިހާތަނަށް ނިޔާވެފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް