Advertisement

އެއް ކޮޓަރިއަށްފަހު ދެކޮޓަރީގެ 2500 ފްލެޓްވެސް ވުޖޫދުގައި ނެތްކަމަށް ސަރުކާރުން ބުނެފި!

16 Jul 2020 | 12:15

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ ދަށުން އަޅަންހަމަޖެހިފައިވާ އެއް ކޮޓަރީގެ ފްލެޓް ނާޅާކަމަށް ހައުސިން މިނިސްޓަރ އަސްލަމް ވިދަޅުވެފައިވަނިކޮށް، 9،517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް އާއްމުކުރި ކަމަށާއި އެކަމަކު އޭގެ ތެރޭގައި 2،500 ފްލެޓު ވުޖޫދުގައި ވެސް ނެތް ކަމަށް ފްލެޓް ކޮމިޓީން މިއަދު ބުނެފި އެވެ.

ފްލެޓް ކޮމިޓީން މިފަދައިން ބުނެފައިވީނަމަވެސް 2500 ފްލެޓް އަކީ ކުރީ ސަރުކާރުން އެމްއޯޔޫގައި ސޮއިކޮށްފައިވާ އަދި އެ ޕޮރޮޖެކްޓްގެ އީއައިއޭ ހަދާފައިވާ ހިޔާ މަޝްޢޫރުގެ ދެވަނަ ސެގްމަންޓެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދޫކުރި ފްލެޓް ދޫކުރީ ބޭއިންސާފުން ކަމުގެ ޝަކުވާތައް ބަލަން މި ސަރުކާރުން އެކުލަވައިލި ކޮމިޓީގެ މެމްބަރުންނާ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ކުރެއްވި ބައްދަލުވުމުގައި ފްލެޓް ކޮމިޓީން މިފަދައިން ބުނެފައިވީނަމަވެސް 2500 ފްލެޓްގެ މަޝްރޫއޫއަށް އާއި ގުޅޭ އިތުރު އެއްވެސް ވާހަކައެއް ބުނެފަައެއްނުވެއެވެ.

"...އަދި ވުޖޫދުގައި ނެތް 2،500 ފްލެޓް އެވޯޑް ކުރާނެ ކަމުގެ ލިސްޓްތައް އާއްކޮށްފައިވާ ކަން އަޅުގަނޑުމެންނަށް ލިބުނު ލިއުންތަކުން ސާފުވާން އެބައޮތް،" ކޮމިޓީގެ މެމްބަރު އަލްއުސްތާޛު ތޯހާ މުހައްމަދު ވިދާޅުވި އެވެ.

ފްލެޓް ކޮމިޓީން 2500 ފްލެޓް ވުޖޫދުގައި ނެތްކަމަށް ބުނެފައިވާ އިރު މި ޕްރޮޖެކްޓް ގެ ކުރެހުމާއި ފްލެޓްގެ އަދަދު މި ސަރުކާރުން ވަނީ ބަދަލުކޮށް އަލުން މި ޕްރޮޖްކްޓްގެ ބިންގާ މި އަހަރުގެ މާރޗް 10 ވަނަ ދުވަހު 2500 ފްލެޓް އަޅަން ކުރީ ސަރުކާރުން ސޮއިކޮށްފައިވާ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާއެކު އަޅާފައެވެ.

ކުރިން ހަމަ އެކަނި 2 ކޮޓަރީގެ 2500 އެޅުމަށް ހަމަޖެހިފައިވާ ފްލެޓްއަށް މި ސަރުކާރުން ވަނީ 3 ކޮޓަރި ހިމެނޭ ގޮތައް ބަދަލުގެނެސް ފްލެޓްގެ އަދަދު މަދުކޮށްފައެވެ.

މި ސަރުކާރުން 2500 ފްލެޓްއަށް ގެނައި ބަދަލު:

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ސޮއިކޮށްފައިވާ ގޮތާއި ހިލާފަށް މި ސަރުކާރުން އަޅަން ނިންމާފައިވަނީ 1،700އެވެ. އެ ފްލެޓު އަޅަނީ 11 ޓަވަރުގެ މައްޗަށް، ޓަވަރުތައް ހަދަނީ 15 އަދި 16 ފްލޯއަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން ހަދާ އެ ޓަވަރުތަކަށް ގެނައި ބަދަލާއެކު 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓް ހިމެނޭއިރު ދެ ކޮޓަރީގެ 680 އެޕާޓްމަންޓުގައި 650 އަކަފޫޓު ހުންނާނެ ކަމަށް މި ސަރުކާރުން މައުލޫމާތުދެއެވެ.

ކުރިން ނުކުޅެދޭ ފަރާތްތަކަށް 500 ފްލެޓާއި، ދަފްތަރަށް 500 ފްލެޓް، 18- 40 އަހަރުގެ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ 500 ފްލެޓާއި، މާލެ ރަށްވެހިންނަށް ދިނުމަށް 1000 ފްލެޓް ހިމެނެނީ މި 2500 ޔުނިޓުގެ ތެރޭގައެވެ. ނަމަވެސް މި ސަރުކާރުން މިވަނީ މިގެނައި ބަދަލާއެކު މި ހުރިހާ ފްލެޓްއެއް މާލޭގެ ރައްޔިތުންނަށް އެކަނި ލިބޭ ގޮތައް ބަދަލު ގެނެސްފައެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން 3،000 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއެއް ފަށަން މިސަރުކާރުން ވަނީ ނިންމައިފަ އެވެ. 2500 ފްލެޓް ގެ މަޝްރޫއު މިވަނީ މީގެ ފުރަތަމަ ފިޔަވައްސަށް ބަދަލުކުރެވިފައެވެ. ދެ ވަނަ ފިޔަވަހީގައި 1،300 ހައުސިން ޔުނިޓު އަޅާނެ އެވެ.

Advertisement

ކޮމެންޓް