އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފި

20 Jul 2020 | 01:12

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

މިރޭ 20:30 ހާއިރު މި މައްސަލައިގެ ތަހުގީގަށް އަލީ ވަހީދު ފުލުހުންގެ މައި އިދާރާއަށް ވަޑައިގެންނެވިކަން ފުލުހުން ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

އަލީ ވަހީދު ފުލުހަށް ހާޒިރުކުރެވުނުއިރު، އޭނާގެ ޕާސްޕޯޓް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓިފައެވެ. އަދި އޭނާގެ ލެޕްޓޮޕާއި ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށުގައިވާކަން އެނގިފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން 15 މީހެއްގެ ބަޔާން މިހާތަނަށް ވަނީ ނެގިފައެވެ. މި ތުހުމަތުތަކާއި ގުޅިގެން އަލީ ވަހީދު މަގާމުން އިސްތިއުފާދެއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވިއެވެ. ނަމަވެސް އޭނާ އިސްތިއުފާ ނުދެއްވުމުން ޖެހިގެން އައި ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement