Advertisement

އިއްޒަތްތެރި މެންބަރަށް: ހަޖަމުނުވީމަވެސް ދައްކަންޖެހޭނީ ޑޮކްޓަރަށެވެ.

21 Jul 2020 | 14:32

ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް އާންމުންގެ މަޝްވަރާ ހޯދުމަށް މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ޑރ. ނިޔާފް ވަނީ މަޖިލީހުން ހުށަހަޅާފައިވާ ޤާނޫނަށް ވަރަށް ބިނާކުރަނިވި ހިޔާލުތަކެއް ހިއްސާކުރައްވާފައެވެ. ޑރ ނިޔާފް ވިދާޅުވިގޮތުގައި ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފައި އޮންނަ ހާލަތެއްގައި ވިޔަސް އާންމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ އުސޫލުން މަޖިލީހުން ބޭނުންވާ ތަނެއްގައި ޖަލްސާ ބޭއްވޭ ގޮތަށް ހިމަނަން އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ބައްޔެއް ފެތުރެމުން ދާއިރު މިސްކިތްތައް ބަންދުކޮށް، ދީނުގެ އެންމެ މުހިންމު އެއް ކަންތައް ހުއްޓުވޭ އިރު، ޒަމާނީ ވަސީލަތް ބޭނުން ނުކޮށް އެއް ތަނެއްގައި، ސެކިއުރިޓީ ނުލިބޭ ހާލަތެއްގައި ބަލި ފެތުރޭނެ ހާލަތަކާ ގުޅޭގޮތުން ސިއްހީ ދާއިރާއިން ކަނޑައަޅާފައި އޮތް މިންގަނޑަކަށް ނުފެތޭ ހާލަތެއްގައި އެއްވެސް ބަޔަކަށް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން މިސްކިތެއް ހުއްޓުވޭ ހާލަތަކަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ވެސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

ނާރުގެ އޮޕަރޭޝަން ކުރުމަށް ހާއްސަ ޑޮކްޓަރ ނިޔާފްގެ މި ވާހަކަތަކަށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔައި ފުރައްސާރަކުރަމުންނެވެ. އޭގެތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މެންބަރަކީ

ބޮޑު ބަލިމަޑުކަމެއް ފެތުރި، ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިސްކިތްތައް ބަންދުކުރާ ހާލަތެއް އަންނަ ނަމަ، ރައްޔިތުނަގެ މަޖިލިސް ވެސް ބަންދުކުރެވޭނެ ކަމަށް ޑރ. އަލީ ނިޔާފް ބުނެފައިވާ ޙަބަރަށް ރައްދު ދެއްވަމުން ޓުވިޓަރގައި ވަރަށް ހަރަކާތްތެރިކޮން ފެނިވަޑައިގަންނަވާ އެމްޕީ ޝިފާއު ބުނެފައިވަނީ މަޖްލިސްއާއި އަޅައި ގަނެގެން ތި އުޅުއްވަނީ ހާދަވަރަކަށް ކަމަށެވެ.

"ބަޔަކު ގައުމީ ޚިދުމަތުގައި ތިބީމަވެސް ހަޖަމް ނުވާ މީހުން އުޅޭ ދޯ." އެހަބަރަށް ރައްދު ދެއްވަމުން ބުނެފައިވެއެވެ.

ޝިފާއުގެ މި ރައްދައް ގިނަ އަދަދެއްގެ ރައްޔިތުން މީސް މީޑިއާގައި އަންނަނީ ރައްދު ދެމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ހަޖަމުނުވިކަމުގައި ވީނަމަވެސް ދާން ޖެހޭނީ ޑޮކްޓަރެއް ކައިރިއަށެވެ. ގިނަ ބަޔަކު އަންނަނީ ޑޮކްޓަރުގެ ޕޮރޮޕެޝަނަލް ހިޔާލަށް އިހްތިރާމާއެކު ބަލައިގަންނަން މަޖިލީސް މެންބަރުނަށް ގޮވާލަމުންނެވެ.

ޑރ ނިޔާފަށް ދެން ފާޑުކިޔާފައިވަނީ ޤައުމީ ޔުނިވާސިޓީގެ ކައުންސިލް މެންބަރ ކަމަށް މި ސަރުކާރުން އައްޔަންކުރައްވާފައިވާ ކުރީގެ މަޖިލިސް މެންބަރު ހާމިދް އަބްދުލް ޢަފޫރެވެ.

ހެޔޮގޮތަކީ ޑރ. ނިޔާފް މަޖިލީހަށް ކުރިމަތިލެއްވުންކަމަށް ބުނެ ހާމިދު ވަނީ ޓުވީޓެއް ކުރައްވާފައެވެ. މިޔަށް ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން ލިބިފައިވާ އިރު މިއިން އެއްވެސް ޓުވީޓަކަށް ހާމިދު ރައްދެއްދެއްވާފައެއްނުވެއެވެ.

ޑރ ނިޔާފްގެ ވާހަކަތަކަށް ތާއީދު ކުރައްވައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. ނިޔާފްގެ ވާހަކަތަކަށް ތާއީދު ކުރައްވާ ކަމަށާއި އެކަންކަން ކޮމެޓީއަށް ހުށަހެޅި ބިލަށް އިސްލާހު ގެނެވިގެންދާއިރު އެކަންކަމަށް ބަހުސް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ރޮޒައިނާ ހިޔާލުފާޅުކޮށް ބަހުސް ކުރަން ވާނީ ސޯޝަލް މީޑިއާގައި ނޫން ކަމަށާއި އެކަމާމެދު ހިޔާލުފާޅުކޮށް ބަހުސް ކުރަން ޖެހޭނީ އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގައި ކަމަށެވެ. އަދި މިއީ މަޝްހޫރުވާން އޮތް މުބާރާތެއް ނޫން ކަމަށާއި އަމިއްލަ އެޖެންޑާއަކަށް އެފަދަ ކަމެއް ކުރެވިގެންނުވާނެ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގައި ޤާނޫނާއި، ހުށަހެޅޭ ބިލްތަކަށް އާންމުންނާއި ދާއިރާގެ ތަޖުރިބާ ކާރުންގެ ހިޔާލު ހޯދަމުން އަންނައިރު ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި، ސިޔާސީ ފަރާތްތަކަށް މި ބައްދަލުވުންތަކުގައި ފާޅުކުރާ ހިޔާލުތައް ހަމަޖުނުވާތަން އަންނަނީ ފެންނަމުންނެވެ. މިއާއެކު އިލްމީ އަދި ފަންނީ ބޭފުޅުންނަށް މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ފަރާތްތަކުން މި އަންނަން ފުރައްސާރަތަކަކީ ކުރިމަގުގައި މަޖިލީހަށް ހުށަހެޅޭ މިފަދަ މުހިންމު ބިލްތަކަށް މި ފަރާތްތައް ހިޔާލު ހުށަހަޅަން ފަސްޖެހޭނެކަމެއްކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ.

Advertisement

ކޮމެންޓް