މަޖިލީހުގައި ރެސްޓޯރަންޓާއި ޖިމް ހަދާނެފަރާތެއް ހޯދަން އިއުލާންކޮށްފި

23 Jul 2020 | 00:30

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަޅަން ނިންމާފައިވާ ރެސްޓޯރެންޓާއި ފިޓްނެސް ސެންޓަރު އަޅާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓް، ކެފޭއެއް ހިންގުމަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައިވާ ކަމަށާއި މި ތަން ހުންނާނީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަހުގައި ކަމަށެވެ.

“މެމްބަރުން މާބޮޑަށް ސިއްހީ ގޮތުން ފިޓުވާން ވެއްޖެ ކަމަށް މަޖިލީހުގެ ކްލަބަށް ފެންނަނީ” ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ސޯޝަލް ކްލަބުން މަޖިލީހުގެ އިދާރާގައި ފިޓްނަސް ސެންޓަރެއް ހިންގުމަށް ވެސް ޕްރޮޕޯސަލް ހުށަހަޅަން ވަނީ ހުޅުވާލައި އެކަން އާންމުކޮށް އިއުލާންކޮށްފައެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުން އޮންނާނީ އޮގަސްޓް 5، ވާ ބުދަ ދުވަހުގެ 13:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އަދި އެ ބައްދަލުވުމުގައި ދެވޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 16 އޮގަސްޓް ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ.

އިއުލާންގައިވާ ގޮތުން މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެއެވެ.

Advertisement

ކޮމެންޓް