Advertisement

އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 Jul 2020 | 17:43

މިދިޔަ ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް  ތަހުގީގުކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވައިފިއެވެ.

ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ޤާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން އެމަނިކުފާނަށް ހުށައަޅުއްވާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ކޮމިޝަންގެ ތަހުގީގަކާއި ގުޅިގެން މި މަހުގެ ފުރަތަމަ ދުވަހުގައި ވަނީ އޭސީސީއާއި ފުލުހުންނާއި އެކު މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަން ބަލާފާސްކޮށްފައެވެ. 

އެސެޓް ރިކަވަރީ ކޮމިޝަންގެ މައްސަލަތަކާއި ގުޅިގެން މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް